ރަސްމާލެ (ފުށިދިއްގަރު ފަޅު) ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅިގެން، ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ގުޅުމުން ބައެއް ކަންބޮޑުވުންތައް ފާޅުކޮށްފިއެވެ.
އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގޭ ބޭރުގެ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް ވީނަމަވެސް، މި އެއްބަސްވުމާ މެދު އަލުން ވިސްނާލަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން، މި މަޝްރޫޢުގެ ދަށުން ވެރިރަށް މާލެ ކައިރީގައި ބޭރުގެ ފަރާތްތަކުގެ ބޮޑު އާބާދީއެއް އުފެދުމުގެ ފުރުޞަތު އޮތްކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ބިން ވިއްކުމުގައި 99 އަހަރުގެ މުއްދަތު އައުވާގޮތަށް އޮތުމާއި، ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް ރެސިޑެންޓް ވިސާ ލިބޭގޮތަށް އޮތް އޮތުމާމެދުވެސް ޢިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ހަމައެއާއެކު، އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ޓޫރިޒަމް ދާއިރާގެ އުސޫލުތައް ހިންގުމަކީ އިޖުތިމާޢީ ގޮތުންނާއި ދީނީ ގޮތުން އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ބުނެ، މި އެއްބަސްވުން ކުރިއަށް ނުގެންދިއުމަށް އެ ޖަމްޢިއްޔާއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މިފަދަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ރަސްމާލެ މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންގޮސް، ޤައުމުގެ އުމްރާނީ ތަރައްޤީ ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާ ބޮޑު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މައިގަނޑު އެއް އަމާޒަކީ މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޒަމާނީ އަދި ދާއިމީ ޙައްލެއް ހޯދައިދިނުމެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، ފުދުންތެރި ޤައުމަކަށް ހެދުމަށެވެ.
އަދި މިފަދަ ބޮޑެތި ބައިނަލްއަޤްވާމީ އިންވެސްޓްމަންޓްތަކުގެ ޒަރީޢާއިން އިޤްތިޞާދީ ފުރުޞަތުތައް އިތުރުކޮށް، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފާގަތި، އުފާވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތެވެ.

ކިޔުންތެރިންގެ ހިޔާލު