މުޙައްމަދު އަޢުޡަމް   17 ނޮވެމްބަރު 2026 - 22:28
ރަސްމާލެ ހިއްކުން
ރަސްމާލެ ހިއްކުން
ރަސްމާލެ ތަރައްގީކުރަން މި ސަރުކާރުން ފުށި ދިއްގަރުފަޅުން މިހާތަނަށް 800 ހެކްޓަރު ހިއްކިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމާ ދިމާކޮށް މިރޭ ކުރިއަށްދާ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ ހިއްކުން ވަރަށް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ ކަމަށެވެ.

އެގޮތުން މިހާތަނަށް 800 ހެކްޓަރުގެ ބިން ހިއްކިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"800 ހެކްޓަރޭ ދެންނެވީމަ އެއީ ހުޅުމާލޭގެ މިހާރު އޮތް ދެ ފިޔަވަހީގެ ދެ ގުނަ ގާތްގަނޑަކަށް. އެއަށްވުރެ ތަންކޮޅެއް ކުޑަ. އެެހެންވީމަ [މި މަޝްރޫއު] މިހާރުވެސް އެދަނީ ކުރިއަށް، 1000ވަރަކަށް ހެކްޓަރުގެ ބިމެއް މިތާ މި ހިއްކަނީ"ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދުގެ ގޮތުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި 200,000 ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އަމާޒުގައި ހިންގޭ މަޝްރޫއެކެވެ. މުޅިއެކު 1,000 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ވެގެންދާނީ ދިވެހިރާއްޖޭގައި އޮންނާނެ އެންމެ ބިން ބޮޑު ރަށަށެވެ.

މީގެއިތުރުން، ރަސްމާލެއިން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ސަރަހައްދެއް އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި ބޮޑު އިންވެސްޓްމަންޓް ހަގީގަތަކަށް ހެދުމަށްޓަކައި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "އީގަލް ހިލްސް" އާއެކު ސަރުކާރުން ވަނީ ކޮމާޝަލް ޓާމް ޝީޓުގައި ސޮއިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު