އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެކި ކުންފުނިތަކަށާއި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހި ނުދައްކާ ހުރި ބިލުތައް ދެއްކުމަށް މިހާތަނަށް 25.13 ބިލިއަން ރުފިޔާ ހޭދަކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް 25.13 ބިލިއަން ރުފިޔާގެ ބިލުތައް ޚަލާސްކޮށްފައިވާކަމަށެވެ. އަދި ދަރަނި އަދާކުރުމަށް ދެއްވި ޚާއްސަ އިސްކަމުގެ ސަބަބުން، ކުރިއަށް އޮތް 2028 ވަނަ އަހަރު އަންނާއިރު ބަޖެޓުގެ މާލީ ދަތިކަން (ޑެފިސިޓް) 2023 ވަނަ އަހަރު ސަރުކާރާ ހަވާލުވި އިރަށްވުރެ ބޮޑަށް ކުޑަކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިހާރު އަންދާޒާކުރެވޭ ގޮތުން 2028 ވަނަ އަހަރުގެ ބަޖެޓް އަޅުގަނޑުމެންނާ 2023 ވަނަ އަހަރު ހަވާލުވި ވަރަށްވުރެ ވެސް ޑެބިޓް ޑެފިސިޓް ކުޑަކުރެވިގެންދާނެއޭ. ޑެބިޓް ޓު ޖީޑީޕީ ރޭޝިއޯ ކުޑަކުރި ސަބަބުން އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، 2029 ވަނަ އަހަރު ޑެބިޓް ޖީޑީޕީ ރޭޝިއޯ %112.9 އަށް ދަށްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ އިޤްތިޞާދު އޮތް މިންވަރަށްވުރެވެސް ރަނގަޅު ހާލަތެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު