ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ ތަފުސީލު ހިމަނައިގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ފޮތެއް ނެރެފިއެވެ.
މި ފޮތް ނެރެދީފައިވަނީ ސަރުކާރަށް 3 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކްކުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒެވެ. މި ފޮތުގައި ވޭތުވެދިޔަ 156 ހަފުތާގެ ތެރޭގައި ސަރުކާރުގެ އެކި ދާއިރާތަކުން ހާސިލުކޮށްފައިވާ ކަންކަމާއި ހިންގާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތަފުސީލީ މަޢުލޫމާތުތައް ހިމެނެެެެއެވެ.
މި ފޮތް ނެރެދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އާންމުންނަށް މި މަޢުލޫމާތުތައް ފަސޭހައިން ބަލައިލެވޭނެ މަގުފަހިކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މި ފޮތް ހިލޭ ޑައުންލޯޑު ކުރެވޭނެކަމަށެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް އަމިއްލަ ފޯނަށް ފޮތް ޑައުންލޯޑު ކޮށްގެން ފަސޭހަކާއެކު ކިޔައިލެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު