ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ދަރަނި ދެއްކުމަށް ހޭދަނުކުރާ މިންވަރަށް މި ސަރުކާރުން ހޭދަކޮށް، މިހާތަނަށް 1.45 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދަރަނި އަދާކުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރި މަސައްކަތުން، ކުރީގެ ދެ ސަރުކާރާ އަޅާބަލާއިރު އިތުރު އަދަދަކަށް ދަރަނި ދައްކާފައިވާ ކަމަށެވެ.
"ކަރަންސީ ސްވޮޕާ އެކީގައި 1.45 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކައިފި. މިއީ މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ދެއްކި އަދަދު. އެ އަދަދަކީ މީގެ ކުރީގެ 10 އަހަރު ދުވަހުގެ ތެރޭގައި ދެއްކި އަދަދަށްވުރެ 483 މިލިޔަން ޑޮލަރު އިތުރު އަދަދެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ދައުލަތުގެ ދަރަނިތައް އަދާކުރަމުން ގެންދިޔައިރު، ބަޖެޓުގެ ޑެފިސިޓުވެސް ވަނީ ކުޑަކުރެވިފައެވެ. އަދި ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ބޮޑު ދަރަނި އަދާކުރަމުން ދިޔަ ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކަށް މެދުކެނޑުމެއް އައިސްފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ހަނގުރާމަ ފެށުމާ ހަމައަށް ދައުލަތުގެ ރިޒާވް ރެކޯޑު އަދަދަކަށް މަތިކުރެވުނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރިޒާވް 1.3 ބިލިޔަން ޑޮލަރަށް އިތުރުކުރެވުނު ކަމަށެވެ. އެހެންނަމަވެސް ބޮޑެތި ދަރަނިތައް ދެއްކުމާއެކު ރިޒާވް ދަށްވި ނަމަވެސް، އަންނަ އަހަރު ރިޒާވް އެއަށްވުރެ މަތިކުރެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން އަޅަމުންދާ ހަރުދަނާ މާލީ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވެ، އެއްވަރެއްގައި ހިފެހެއްޓެމުންދާ ކަމަށާއި، ބޭރުގެ މާލީ އިދާރާތަކާއި ފަރާތްތަކުންވެސް މި ކުރިއެރުން ބަލައިގަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު