ދިވެހިންގެ އެންމެ މުހިންމު އަސާސް ކަމުގައިވާ އިސްލާމްދީނަށް ޚިދުމަތް ކުރުމަށްޓަކައި، ސަރުކާރުގެ ބަޖެޓަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ފުދުންތެރި ނިޒާމެއްގެ ތެރެއިން ޚަރަދުކުރެވޭނެ މަގު ފަހިކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ރައްޔިތުންގެ ސަރުކާރަށް 3 އަހަރު" ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި އިސްލާމީ ކަންތައްތަކާއި އައުޤާފުގެ ދާއިރާއިން ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ މިއީއެވެ.
"މި އިންވެސްޓްމަންޓްތަކުން ކުރިއަށް އޮތްތަނުގައި ނަފާ ލިބެން ފެށުމުން، ދީނީ ކަންކަމަށް ޚަރަދުކުރަން އަބަދުވެސް ފައިސާ ހުންނާނީ ހަމަޖެހިފައި. އެ ފަންޑުން ކުރިއަށް އޮތްތަނުގައި އިސްލާމްދީން ކުރިއެރުވުމަށް ކުރަންހުރި ކަންކަމަށް އިރާދަކުރެއްވިއްޔާ ވަރަށް މުއްސަނދި ރިސޯސެއް ފައިސާގެ ގޮތުން ލިބިގެން އެދަނީ،" ރައީސް ވިދާޅުވިއެވެ.
މި ދާއިރާއިން ސަރުކާރުން ހޯދާފައިވާ އިތުރު ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އައުޤާފާއި ވަޤުފުގެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި ޚާއްޞަ ކުންފުންޏެއް މިހާރު ވަނީ އުފައްދާފައެވެ. މީގެ އިތުރުން، ކީރިތި ޤުރުއާނަށް ޚާއްޞަ ވަޤުފު އިމާރާތެއް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ޤުރުއާނުގެ ޢިލްމު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤުރުއާން މަރުކަޒުތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫޢުތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤާނޫނީ އޮނިގަނޑާއި މާލީ ނިޒާމު އިސްލާމީ ހަމަތަކަށް ފެއްތުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އިސްލާމްދީނާ ޚިލާފު އެއްވެސް ކަމެއް ރާއްޖޭގައި ނުކުރެވޭނެ ގޮތަށް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މާއްދާއަކުން އެކަނި ފުއްދާލުމުގެ ބަދަލުގައި، ނިޒާމީ ގޮތުން 'ޗެކް އެންޑް ބެލެންސް' ހިފެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، ދޫކުރެވޭ ލޯނުތައްވެސް ކުރިއަށް ގެންދަނީ ޝަރީޢާ ކޮމްޕްލަޔަންޓް އުސޫލުތަކުގެ ދަށުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެެ.
މީގެ އިތުރުން ޒަކާތާއި ޙައްޖުގެ ދާއިރާއިން ލިބިފައިވާ ކާމިޔާބީތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފާއިތުވި ތިން އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ރައްޔިތުން އެންމެ ގިނައިން ޒަކާތް ދެއްކި އަހަރުތައް ކަމަށެވެ. މިއީ ޒަކާތުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެފައިވާ ކަމުގެ ސާފު ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ސައުދީ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކާއި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގައި ކުރިއަށްވުރެ މާ ފަސޭހަ އިންތިޒާމުތަކެއް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު