ކުރިއަށް އޮތް 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިހުން އިސްކަންދޭނެ މުހިންމު ދާއިރާތައް ކަނޑައަޅައި، އަހަރީ އެކްޝަން ޕްލޭން އެކުލަވައިލުމުގެ މަޤްޞަދުގައި ބާއްވާ "ހުޅުމާލެ ޕޮލިސް ފޯރަމް 2026" މިއަދު ރަސްމީކޮށް ފަށައިފިއެވެ.
އެމް.ޑަބްލިއު.އެސް.ސީ އޮޑިޓޯރިއަމްގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ ނޮދަން ޕޮލިސްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމެވެ. މީގެއިތުރުން ހުޅުމާލެ ޕޮލިސް ކޮމާންޑުގެ އިސްވެރިޔާ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ޑިޕާޓްމަންޓްތަކުގެ އިސް ވެރިންނާއި، ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން މި ފޯރަމްގައި ބައިވެރިވެއެވެ.
ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ، މިއީ ހުޅުމާލޭގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، ކުރިއަށް އޮތް އަހަރު ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއް ކަމަށެވެ. އަދި އަންނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރާއި ލަނޑުދަނޑިތައް އެކުލަވައިލަންވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މައިގަނޑު ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އާސިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެކުލަވައިލެވޭ ޕްލޭނަކީ ހަމައެކަނި ކަރުދާހެއްގައި އޮންނަ އެއްޗަކަށް ނުހަދައި، އޮޕަރޭޝަނަލް ގޮތުން ޢަމަލީ ނަތީޖާ ފެންނާނެ ފަދަ އިންތިޒާމަކަށް ވާންޖެހެއެވެ. އެގޮތުން ލިބިފައިވާ ވަސީލަތްތަކާއި މުވައްޒަފުންގެ ޤާބިލުކަން އެންމެ ފުރިހަމައަށް ބޭނުންހިފޭނެ ގޮތްތައް ހިމަނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ކުށް މަދުކުރުމަށާއި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުޅުމާލޭގެ ރައްޔިތުންނާއި، އެކި މުއައްސަސާތަކާއި މަދަނީ ޖަމުޢިއްޔާތަކުގެ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކުލަވައިލެވޭ ޕްލޭންގެ ދަށުން ކުރިއަށްގެންދާ ކަންކަން ރަނގަޅަށް ހިނގާތޯ ބެލުމަށާއި، މަސައްކަތުގެ ނަތީޖާ ވަޒަންކުރެވޭނެ ހަރުދަނާ މޮނިޓަރިންގ އަދި އިވެލުއޭޝަން ނިޒާމެއް ޤާއިމުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައިވެސް އާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު