މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ތާރީޚުގައި މުޅިން އަލަށް، ކޮންޓޭނަރު އުފުލާ ބޮޑު އުޅަނދަކުން ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓޭނަރު ބޭލުމުގެ މަސައްކަތް 25 ނޮވެމްބަރު 2026 ގައި ފަށައިފިއެވެ. މިއީ ތިލަފުއްޓަށް މިފަދަ އުޅަނދެއް ކައިރިކޮށް، ސީދާ އެ ރަށަށް ކޮންޓޭނަރު ބޭލި ފުރަތަމަ ފަހަރެވެ.
މި ތާރީޚީ އޮޕަރޭޝަންގައި ތިލަފުށީ ބަނދަރަށް ކައިރިކޮށްފައިވަނީ ކޮންޓޭނަރ ވެސަލް "އެމް.އެސް.އެސް ގަލީނާ" އެވެ. މި ބޯޓު ރާއްޖެ އައިސްފައިވަނީ ޖުމްލަ 524 ޓީ.އީ.ޔޫގެ މުދާ ބަރުކޮށްގެންނެވެ. އޭގެ ތެރެއިން 490 ޓީ.އީ.ޔޫ ބޭލުމަށް ހަމަޖެހިފައިވަނީ ތިލަފުށި ކާގޯ ޓާމިނަލަށެވެ.

ތިލަފުށި ކާގޯ ޓާމިނަލަށް ފުރަތަމަ ފަހަރަށް ކޮންޓޭނަރު ބާލަން ފެށުން. ފޮޓޯ: އެމްޕީއެލް
އެމް.ޕީ.އެލް އިން މަޢުލޫމާތު ދޭ ގޮތުގައި، ތިލަފުށީގައި ކޮންޓޭނަރު ބޭލުމުގެ މި އޮޕަރޭޝަން ރާވައި، އެކަމަށް ބޭނުންވާ ޢަމަލީ މަސައްކަތްތައް ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ، އާންމު އުސޫލުން އައު އަހަރާ ދިމާކޮށް އަދި ރަމަޟާން މަސް ނިމޭތާ އެއް މަސް ދުވަހާ ހަމައަށް ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކުރެވޭތީއެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެނދުގެ ޢަދަދު އިތުރުވަމުން ދިޔުމާއި، އައު ރިސޯޓުތައް ހުޅުވެމުންދާތީ ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު އިތުރުވާނެތީއެވެ.
މި ބަދަލާއެކު، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ވިޔަފާރިވެރިންނަށް މުދާ އަވަހަށް ކްލިއަރ ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެމް.ޕީ.އެލް އިން ދެކެއެވެ.

މާލޭ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން، މިހާރު ވެސް ގިނަ މަސައްކަތްތަކެއް ދަނީ ހިނގަމުންނެވެ. އެގޮތުން ތިލަފުށީ ބަނދަރުގައި އެންމެ ފުރަތަމަ ތަރައްޤީކުރާ 375 މީޓަރުގެ ކީވޯލްގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީން ހަލުވިކަމާއެކު ކުރިއަށް ގެންދާއިރު، މި ކީވޯލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހަށް މުޅިން ނިންމާލެވޭނެއެވެ.
އެމް.ޕީ.އެލްގެ މައިގަނޑު އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށްދާއިރު، މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް އެއްކޮށް ތިލަފުއްޓަށް ބަދަލުކޮށް، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު