ސިޔާސީ ވިސްނުން ތަފާތުވެގެން އަދާލަތު ޕާޓީއަށް ނިސްބަތްވާ ޝައިޚުންނަށް އެއްޗެހި ކިޔުމާ، އަދި ލަދު ޙަޔާތަށް ގޮވުމަކީ ހަޑި ކަމެއް ކަމަށް ވިދާޅުވެ ޝައިޚް ޢަލީ ޒައިދު، ޞަލަފް ޖަމިއްޔާއަށް ރައްދު ދެއްވައިފިއެވެ.
ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ޑރ. އިޔާޒްއަކީ ލަދުހަޔާތް ކުޑަ މީހެއްކަމަށް ޞަލަފް ޖަމިއްޔާގައި އިސްކޮށް ޙަރަކާތްތެރިވާ އަލީ ރަމީޒްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، އެކި މީހުންގެ ވިސްނުން ތަފާތުވާނެ ކަމަށާއި، އެއްކަމެއްގައިވެސް އެކަމެއް ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަމާމެދު ޚިޔާލުތަފާތު ވެދާނެ ކަމަށެވެ.
"ލަދަކީ ތިމާއަށް ލިބިފައިވާ ވަރަށް އަގުބޮޑު ޚަޒާނާ އެއް. އެ ދޫކޮށް ނުލައްވާ. ފަހުން ދެރަވާނެ." ޢަލީ ރަމީޒަށް ރައްދު ދެއްވަމުން ޒައިދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޒައިދަށް ރައްދު ދެމުން ޝައިޚް މުޖުތަބާ ވިދާޅުވީ، ޝައިޚް ޢަލީ ޒައިދަކީ އަބަދުވެސް ޢިލްމުވެރިންނަށް އެއްޗެހި ކިޔާ މީހެއް ކަމަށާއި، 2011 ވަނަ އަހަރު ޑިސެމްބަރު 23 ވަނަ ދުވަހު އިސްލާމްދީނުގެ ދިފާޢުގައި ރާއްޖޭގެ ޝެއިޚުންނާއި ޢަދާލަތު ޕާޓީންކުރި ވަރުގަދަ އިޙްތިޖާޖަށް ވެސް ޝެއިޚް ޒައިދު ފާޑުކިޔާފައިވާ ކަމަށެވެ.
މީގެ އިތުރުން ޝެއިޚް ޒައިދަށް ރައްދު ދެމުން ޝެއިޚް ޝަފީޢު ވިދާޅުވީ، ޢަލްމާނީ ބައިގަނޑަކަށް ކޮންމެ ނިޔަތެއްގައި ވިޔަސް ތާޢީދުކޮށް، އެބައިމީހުންނަށް ޤައުމުގެ ބާރުވެރިކަން ދީގެން އުޅޭ ބަޔަކާ، އެކަމަށް ދެކޮޅުހަދާ ބަޔަކާ ދެމެދު އޮތީ ސިޔާސީ ޚިޔާލުތަފާތުވުމެއް ނޫން ކަމަށެވެ.
"އެއީ ދީނީ ޚިޔާލު ތަފާތުވުމެއް. އެއީ ސިޔާސީ ކަމަކަށް ހަދަން އުޅުނަސް އެކަމެއް ނުވާނެ." ޝެއިޚް ޝަފީޢު ވިދާޅުވިއެވެ.
ދީނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތު ވުންތަކެއް އުފެދިފައި ވާއިރު، ޢަލީ ރަމީޒުގެ ވާހަކަ ތަކާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، "ލަދު ނުގަންނަ މީހާ ހިތުހުރި ކަމެއް ކުރުމަށް" ޙަދީސްގައި އައިސްފައިވާ ކަމަށާއި، ޒާތީ ކަމެއް ނެތި ޙައްޤުބަސް ބުނަން ކެރެން ޖެހޭނެ ކަމަށެވެ. އަދި "ޚުދު އެމީހެއްގެ މައިންބަފައިންވެސް އޭނާގެ ހެކިބަސް ޤަބޫލު ނުކުރާވަރުގެ މީހަކު އައިސް ރާއްޖެ ވިއްކާލައިފިޔޭ ބުނީމާ ޤަބޫލު ކުރާނީ ކިހިނެއްތޯ؟" ވިދާޅުވެ ޑރ. އިޔާޒް ސުވާލް އުފައްދަވާފައިވެއެވެ.
އިޔާޒް ވިދާޅުވީ ނިދަން އޮށޯންނައިރު ކުރުސި ކިޔަން ބުނެދިނީ އިބިލީސް ކަމަށާއި، އޭނާވެސް ރަނގަޅުބަހެއް ބުނުމުން އެކަމަށް އެއްބަސްވެ ކީރިތި ރަސޫލާވެސް އެކަން ކުރުމަށް އުންމަތަށް އިރުޝާދު ދެއްވި ކަމަށެވެ.
ޢަލީ ރަމީޒާއި ޑރ. އިޔާޒް އާއި ދެމެދު ބަހުގެ ޙަމަލާތަކެއް ބަދަލު ކުރަން ފަށާފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ދީނީ އިލްމުވެރިންގެ ބަސް އަޑުއައްސަވާ ބޭފުޅެއްކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވުމާ ގުޅިގެންނެވެ. އެކަމަށް ރައްދުދީ ޢަލީ ރަމީޒް ވިދާޅުވެފައިވަނީ، ލަދުހަޔާތް ކުޑައިއްޔާ ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު