ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގައި ކުރަށްވާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށް ފަސޭހަކޮށްދެއްވުމަށް ކުރަށްވާ މަސައްކަތް ތަކެއް ކަަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ މަޖިލީހުގައި ސަރުކާރަށް ބާރުވެރިވުމާއި، ފާރަވެރިވުން ކަމަށެވެ. އަދި އެ ދެ ވިސްނުމުގައި މަސައްކަތް ކުރަން ޖެހިފައިވަނީ ވާދަވެރި އިދިކޮޅު ޕާޓީއެއް މަޖިލީހުގައި ނެތުމުން ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީން މަޖިލީހުގައި ކުރާ މަސައްކަތުން ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ގިނަ ކަންކަން ފަސޭހަފުޅު ވެގެން ދާނެ ކަމަށާއި، ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވާ މަސައްކަތަކީ ޤާނޫނާ ޚިލާފުނުވެ ސަރުކާރު ހިންގުމަށް ރައީސް އިބްރާހީމަށް އެހީތެރިވުން ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

ޙަސަން ލަތީފް ވިދާޅުވީ، ސަރުކާރުން ވައުދުތައް ފުއްދާ މިންވަރާއި، ވަޒީރުން މަަސައްކަތް ކުރައްވަނީ ގާނޫނާއި އެއްގޮތަށްތޯ ބެލުމަކީ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ކުރައްވަން ޖެހޭނެ މަސައްކަތެއް ކަމަށެވެ. އަދި ރައްޔިތުން އެމްޑީޕީއަށް 65 ގޮނޑި ދީފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން ފެނުނު މަންޒަރު ތަކުރާރު ނުވާގޮތަށް މި ސަރުކާރު ހިނގާކަން ކަށަވަރު ކުރުމަށް ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ސުއްޓާ

15-Nov-2020

ނަޝީދު ގެ ލަނޑުދަނޑި އަތުލި. އެކަމަކު އޭނަގެ ލަނޑު ދަނޑި އަށް ވާސިލުވާން އަޅަމުން ދިޔަ ފިޔަވަޅު ތަކުން މިގައުމަށް މެދު ނުކެނޑި ދުއްތުރާއު ޖެހުންފިޔަވާ އެހެން ކަމެއްނުވޭ.


-1

ބޭބެ

15-Nov-2020

ބޯތަލް ބޭޗާރާ



ޓްރެންޑިން