ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑުކޮށްފި އެވެ.
އެލްޖީއޭއިން އޭނާ ސަސްޕެންޑް ކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ 28 ވަނަ ބައްދަލްވުމުގައެވެ. ޕީޕީއެމްގެ މެމްބަރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު ސަސްޕެންޑް ކުރަން ނިންމީ އުތީމުގައި ކޭބަލް ޓީވީގެ ހިދުމަތް ދިނުމާއި ގުޅޭ މައްސަލައަކާއި އެކަމާ ގުޅުންހުރި 10 ޝަކުވާއަކާ ގުޅިގެންކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ.
އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އަބްދުﷲ ސަސްޕެންޑް ކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ދީފައެވެ.
އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑް ކޮށްފައިވާއިރު އޭނާ އަކީ ކުރިއަށްއޮތް ކައުންސިލް އިންތިޚާބުގައިވެސް ޕީޕީއެމްގެ ޓިކެޓްގައި އުތީމު ކައުންސިލްގެ ރައީސްކަމަށް ވާދަކުރަށްވާ ފަރާތެވެ.

ކިޔުންތެރިންގެ ހިޔާލު