ރައީސް ޔާމީންގެ ޕީއޭ އިން ސިޔާސީ ޙަޔާތް ފެއްޓެވި މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ރިފާއު (ބޮޗޭ) އަލުން އެނބުރި ރައީސް ޔާމީންގެ ޕީޕީއެމް އާ ގުޅިވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
ބޮޗޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔޮޓް ޓުއާސް ގްރޫޕު ކުންފުނިތަކުގެ ސީއީއޯގެ މަގާމުންނާއި ޑީއާރުޕީގެ ނައިބު ލީޑަރުގެ މަގާމުންނާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްރެޓޭރިއަޓްގެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ޑީއާރުޕީ އާއި ގުޅިވަޑައިގެންނެވި ފަހުން ސިޔާސީ މަޝްރަޙުގައި ބޮޗޭގެ އަޑު ވަނީ ވަރަށް މަޑު ވެފައެވެ. ނަމަވެސް ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތާ އަލުން ގުޅިވަޑައިގަތުމުން ބޮޗޭގެ އަޑު ސިޔާސީ މައިދާނުގައި ގަދަވާނެ ކަމަށް ބެލެވެއެވެ.
ބޮޗޭ މީގެ ކުރިން ވަނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މާފަންނު ދެކުނު ދާއިރާގެ މަޖިލީސް ގޮނޑި ތަމްސީލް ކުރަށްވާފައެވެ. ސިޔާސީ މަސައްކަތުގައި ބޮޗޭ ފާހަގަ ކުރެވިފައިވަނީ ރައީސް ޔާމީންގެ އަރިސް އެމަނިކުފާނަށް އިޚްލާސްތެރި ބޭފުޅެއްގެ ގޮތުގައެވެ. ބޮޗޭ ސިޔާސީ ދާއިރާއިން ގެއްލުނީ ދެވަނަ ދައުރަކަށް މަޖިލީހަށް ކުރިމަތި ލައްވައިގެން ގޮނޑި ކާމިޔާބު ނުވި ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު