ކޯވިޑް-19 ގެ ރިކަވަރީގެ ގޮތުގައި މިހާތަނަށް 1342.1 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން އެ މިނިސްޓްރީން ޢާއްމުކުރި ހިސާބުތައް ދައްކާގޮތުން ކޯވިޑް-19 އާއި ގުޅިގެން އެކި ފަރާތްތަކަށް ރިލީފްގެ ގޮތުގައި ސަރުކާރުން 1342.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ޢަދަދެއް ދޫކޮށްފައި ވަނީ ކޯވިޑް-19 ރިކަވަރީ ލޯން ސްކީމުންނެވެ. އެ ސްކީމުވެ ދަށުން 1153.2 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ވަނީ ދޫކޮށްފައެވެ.
އޭގެ އިތުރުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 125.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސުން ބުނެއެވެ. ހަމައެއާއެކު 46،392 ގޭބީސީ އަށް ފެން ބިލްގެ ޑިސްކައުންޓްގެ ގޮތުގައި 10.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ކަރަންޓް ބިލްގެ ޑިސްކައުންޓްގެ ގޮތުގައި 98،722 ގޭބީސީއަށް 48.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިވަގުތު ސަރުކާރުގެ މުހިއްމު 476 މަޝްރޫޢެއް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު