ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ އަށް ތާޢީދު އޮތްކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމައިފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައެވެ. އިމްރާނަށް އިތުބާރު އޮތްކަމަށް ނިންމާފައިވަނީ މިއަދުގެ އެމްޑީޕީ ޕީޖީ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

އިމްރާންގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލައާއި ގުޅިގެން މީގެ ކުރިން މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެފައިވަނީ އެމްޑީޕީން ހުސްބުޅީގައި ނުގަންނާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުންނާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހިމެނޭ ގޮތުން ޖުމްލަ 11 މެންބަރުންގެ ސޮޔާއެކު ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުސްވި މަހުގެ 26 ވަނަ ދުވަހުގައެވެ.

އިދިކޮޅު ކޯލިޝަނުން އެ މައްސަލަ މަޖިލީހަށް ހުށައެޅީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ހިނގާދިޔަ ޖިންސީ ގޯނާގެ ޢަމަލަކީ ވަރަށް ކުޑަ ޢަމަލެއް ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވި މައްސަލައިގައެވެ. ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފަރީއެއްގައި ބިދޭސީން އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ހިގަމުން ދަނިކޮށް ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން، ސަފާރީގައި ހިނގީ ރޭޕެއް ނޫންކަމަށާއި އެއީ އާންމު ތަންތާގައިވެސް ހިނގާ ފަދަ ކުޑަ ކަމެއްކަމަށް ސިފަކުރަށްވައި ވާހަކަ ދެއްކެވި މައްސަލައިގައި އިމްރާނަށް އާންމުންގެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން