އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު މަލީޙުގެ އިތުބާރުނެތް ކަމަށް ފާސްކުރުމަކީ އަމިއްލަ ސަންދޯކަށް މޮހޮރު ޖެހުން ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މަލީހްގެ އިތުބާރު ނެތްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދަންނަވަން އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ވަނީ ނިންމާފައެވެ. އަދި އެކަން އެގޮތަށް ނިންމެވީތީ އުފާކުރަށްވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.
މީކާއީލްގެ ޓްވީޓަށް ރައްދުދެއްވަމުން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ އަމިއްލަ ސަންދޯކަށް މޮހޮރު ޖެހުން ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއަށް އިތުބާރު ނެތްކަމަށް ފާސްކުރުން ކަމަށް މަލީޙް ވިދާޅުވިއެވެ.
އޭގެ އިތުރުން މަލީޙް ވިދާޅުވީ، "ތިޔައީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް. އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު،" ކަމަށެވެ.
އޭގެ އިތުރުން މަލީޙް ވިދާޅުވީ، އޭނާގެ ދޫ މޯގޭޖްކޮށްފައި އޭގެ ސެޓްފިކެޓް އެމްޑީޕީއާ ޙަވާލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެމްޑީޕީން ކުރިއަށް ގެންދަނީ ކޯލިޝަން ރޫޅާލުމުގެ މަކަރުވެރި ޕްލޭނެއްކަމަށް މަލީޙް ތުހުމަތު ކުރެއްވިއެވެ. މީގެއިތުރުން ސުޕަރ މެޖޯރިޓީ، ސުޕަރ މައިނޯރިޓީއަށް ބަދަލުވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމުގައި މަލީހުގެ އިތުބާރު ނެތްކަމަށް ފާސްވެފައިވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މަލީހްގެ އިތުބާރު ނެތްކަމަށްބުނެ އެމްޑީޕީ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެމްޑިީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މީކާއީލް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ދެ އަހަރު ވެގެންދިޔައިރު ވެސް ހަދާފައި ނުވާ ކަމަށެވެ. އަދި އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށާއި، އެ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދު ތަކެއް ކަމަށެވެ.
ހަމައެއާއެކު އެ ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅާފައިވާކަން ސާބިތުވާތީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުން މުޙައްމަދު މަލީޙް ޖަމާލް ވަކިކުރުމަށް ހުށައަޅާކަމަށެވެ.
ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގެންނެވި މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ ބާރުކަމަށާއި ޤާނޫނު ހައްދަވާ ބޭފުޅުން ހައްދަވާނީ ޤާނޫނުކަމަށެވެ. އަދި އެބޭފުޅުން ސަރުކާރު ހިންގެވުމުގެ ކަންކަމުގައި އުޅުއްވާކަށް ނުޖެހޭނެކަމަށްވެސް މަލީހް ވިދާޅުވިއެވެ. ނަމަވެސް މިއަދު މަޖިލީހުގެ ބައެއް ބޭފުޅުން އަމަލުކުރައްވަނީ އެއާ މުޅިން ހިލާފަށްކަމަށާއި، ސަރުކާރު ހިންގަންވީ ގޮތް މަޖިލީހަށް ކަނޑަނޭޅޭނެކަމަށް މަލީހް ވިދާޅުވިއެވެ.
މިމައްސަލައިގައި މަލީހުގެ އިތުބާރު ނެތް ކަމަށް މީކާއިލް ހުށައެޅުއްވުމުން މަލީހު ވިދާޅުވީ އޭނާ ބޭނުން ކުރެއްވީ ގާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ކަމަށެވެ. އަދި އޭނާއަށް މިފަހަރު އަދަބު ލިބުނީ ޤާނޫނު އަސާސީން ލިބިދޭ ހައްގެއްގެ ބޭނުން ކުރަށްވައިގެން ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. މަލީހު ވިދާޅުވެފައި ވަނީ އޭނާއާ ދެކޮޅަށް މިކަމުގައި ތެދުވެވަޑައިގެންނެވި މެންބަރު ގޮވައިގެން ސްޕްރީމް ކޯޓަށް ވަންނަނަވާނެ ކަމަށެވެ. އަދި އޭނާގެ އިތުބާރު ނެތް މައްސަލަ އެމްޑީޕީގެ ޕީޖީއަށް ހުށައެޅި ލިއުމުގައި ސޮއި ކުރެއްވި މެންބަރުންގެ ސޮއި އަނބުރާ ގެންދިއުމަށް ވެސް މަލީހުވަނީ ގޮވާލައްވާފައެވެ.

Thimannaamenge verikameggaa qaanoonu asaaseege maadhaa 27 ah ithubaaru neiy kamah thiya faaskuree. Thiyaee khiyaalu faalhu kurumuge minivan kamuge thaaju alhuhvaigen ulhuhvaa beyfulhun baikolhah jehi goaleh. Amilla sandhokah thiya jahsavanee mohoru. 😀 https://t.co/A7Stul0yXf
— Mohamed Maleeh Jamal (@maleehjamal) November 22, 2020
އޭގެ އިތުރުން މަލީޙް ވިދާޅުވީ، އޭނާގެ ދޫ މޯގޭޖްކޮށްފައި އޭގެ ސެޓްފިކެޓް އެމްޑީޕީއާ ޙަވާލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެމްޑީޕީން ކުރިއަށް ގެންދަނީ ކޯލިޝަން ރޫޅާލުމުގެ މަކަރުވެރި ޕްލޭނެއްކަމަށް މަލީޙް ތުހުމަތު ކުރެއްވިއެވެ. މީގެއިތުރުން ސުޕަރ މެޖޯރިޓީ، ސުޕަރ މައިނޯރިޓީއަށް ބަދަލުވެދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމުގައި މަލީހުގެ އިތުބާރު ނެތްކަމަށް ފާސްވެފައިވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މަލީހްގެ އިތުބާރު ނެތްކަމަށްބުނެ އެމްޑީޕީ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެމްޑިީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މީކާއީލް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ދެ އަހަރު ވެގެންދިޔައިރު ވެސް ހަދާފައި ނުވާ ކަމަށެވެ. އަދި އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށާއި، އެ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދު ތަކެއް ކަމަށެވެ.
ހަމައެއާއެކު އެ ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅާފައިވާކަން ސާބިތުވާތީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުން މުޙައްމަދު މަލީޙް ޖަމާލް ވަކިކުރުމަށް ހުށައަޅާކަމަށެވެ.
ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގެންނެވި މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ ބާރުކަމަށާއި ޤާނޫނު ހައްދަވާ ބޭފުޅުން ހައްދަވާނީ ޤާނޫނުކަމަށެވެ. އަދި އެބޭފުޅުން ސަރުކާރު ހިންގެވުމުގެ ކަންކަމުގައި އުޅުއްވާކަށް ނުޖެހޭނެކަމަށްވެސް މަލީހް ވިދާޅުވިއެވެ. ނަމަވެސް މިއަދު މަޖިލީހުގެ ބައެއް ބޭފުޅުން އަމަލުކުރައްވަނީ އެއާ މުޅިން ހިލާފަށްކަމަށާއި، ސަރުކާރު ހިންގަންވީ ގޮތް މަޖިލީހަށް ކަނޑަނޭޅޭނެކަމަށް މަލީހް ވިދާޅުވިއެވެ.
މިމައްސަލައިގައި މަލީހުގެ އިތުބާރު ނެތް ކަމަށް މީކާއިލް ހުށައެޅުއްވުމުން މަލީހު ވިދާޅުވީ އޭނާ ބޭނުން ކުރެއްވީ ގާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ކަމަށެވެ. އަދި އޭނާއަށް މިފަހަރު އަދަބު ލިބުނީ ޤާނޫނު އަސާސީން ލިބިދޭ ހައްގެއްގެ ބޭނުން ކުރަށްވައިގެން ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. މަލީހު ވިދާޅުވެފައި ވަނީ އޭނާއާ ދެކޮޅަށް މިކަމުގައި ތެދުވެވަޑައިގެންނެވި މެންބަރު ގޮވައިގެން ސްޕްރީމް ކޯޓަށް ވަންނަނަވާނެ ކަމަށެވެ. އަދި އޭނާގެ އިތުބާރު ނެތް މައްސަލަ އެމްޑީޕީގެ ޕީޖީއަށް ހުށައެޅި ލިއުމުގައި ސޮއި ކުރެއްވި މެންބަރުންގެ ސޮއި އަނބުރާ ގެންދިއުމަށް ވެސް މަލީހުވަނީ ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު