ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ގެ އަނގަ ތަންކޮޅެއް ގަދަކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ ޢަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަލީހްގެ އިތުބާރު ނެތްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދަންނަވަން އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ފާސްކުރުމާއި ގުޅިގެން، އޭނާގެ ދޫ މޯގޭޖްކޮށްފައި އޭގެ ސެޓްފިކެޓް އެމްޑީޕީއާ ޙަވާލުކޮށްފައި ނުވާނެ ކަމަށް މަލީޙް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން މޫކޭ ވިދާޅުވީ މިހާރު މަލީހުގެ އަނގަވެސް ތަންކޮޅެއް ގަދަވާހެން ހީވާ ކަމަށާއި، ރައްޔިތުން ތުންފިއްތައިގެން ތިއްބައި ކުޅަނދުރު ހަތައަށް އޮށްގާ އުކުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.
އެމްޑީޕީ ޕީޖީން މަލީހުގެ އިތުބާރު ނެތްކަމަށް ނިންމުމާ ގުޅިގެން މަލީޙް ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދަނީ ކޯލިޝަން ރޫޅާލުމުގެ މަކަރުވެރި ޕްލޭނެއްކަމަށާއި، މަޖިލީހުގެ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ، ސުޕަރ މައިނޯރިޓީއަށް ވެސް ބަދަލުވެދާނެ ކަމަށެވެ.
އޭގެ އިތުރުން މަލީޙް ވިދާޅުވީ، މިއަދުގެ ނިންމުމަކީ އެމްޑީޕީން އަމިއްލަ ސަންދޯކަށް މޮހޮރު ޖެހުން ކަމަށާއި، އެއީ އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއަށް އިތުބާރު ނެތްކަމަށް ފާސްކުރުން ކަމަށެވެ.
މަލީހްގެ އިތުބާރު ނެތްކަމަށްބުނެ އެމްޑީޕީ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެމްޑިީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މީކާއީލް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ދެ އަހަރު ވެގެންދިޔައިރު ވެސް ހަދާފައި ނުވާ ކަމަށެވެ. އަދި އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށާއި، އެ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދު ތަކެއް ކަމަށެވެ.
ހަމައެއާއެކު އެ ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅާފައިވާކަން ސާބިތުވާތީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުން މުޙައްމަދު މަލީޙް ޖަމާލް ވަކިކުރުމަށް ހުށައަޅާކަމަށެވެ.
މި ހުށައެޅުން ފާސްވީ މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުންނެވެ.

Alhugandah heevanee thankolheh angafulhu gadhaee hen. Rayyithun thunfithaigen thibaa Kulandhuru hatha akah ohgaa ukumakee kuran heyovaru kameh noon. https://t.co/yT8qbiIwiZ
— Moosa Ali Manik 🇲🇻 (@VMookey) November 22, 2020
އެމްޑީޕީ ޕީޖީން މަލީހުގެ އިތުބާރު ނެތްކަމަށް ނިންމުމާ ގުޅިގެން މަލީޙް ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދަނީ ކޯލިޝަން ރޫޅާލުމުގެ މަކަރުވެރި ޕްލޭނެއްކަމަށާއި، މަޖިލީހުގެ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ، ސުޕަރ މައިނޯރިޓީއަށް ވެސް ބަދަލުވެދާނެ ކަމަށެވެ.
އޭގެ އިތުރުން މަލީޙް ވިދާޅުވީ، މިއަދުގެ ނިންމުމަކީ އެމްޑީޕީން އަމިއްލަ ސަންދޯކަށް މޮހޮރު ޖެހުން ކަމަށާއި، އެއީ އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއަށް އިތުބާރު ނެތްކަމަށް ފާސްކުރުން ކަމަށެވެ.
މަލީހްގެ އިތުބާރު ނެތްކަމަށްބުނެ އެމްޑީޕީ ޕީޖީއަށް މައްސަލަ ހުށަހަޅާފައިވަނީ ޖުމްލަ 10 މެމްބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެމްޑިީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މީކާއީލް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ދެ އަހަރު ވެގެންދިޔައިރު ވެސް ހަދާފައި ނުވާ ކަމަށެވެ. އަދި އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށާއި، އެ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދު ތަކެއް ކަމަށެވެ.
ހަމައެއާއެކު އެ ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅާފައިވާކަން ސާބިތުވާތީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުން މުޙައްމަދު މަލީޙް ޖަމާލް ވަކިކުރުމަށް ހުށައަޅާކަމަށެވެ.
މި ހުށައެޅުން ފާސްވީ މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުންނެވެ.
ކިޔުންތެރިންގެ ހިޔާލު