ކުރީގެ ރައީސް މައުމޫން (ކ) އާއި. މުސްތަފާ (ވ)
ކުރީގެ ރައީސް މައުމޫން (ކ) އާއި. މުސްތަފާ (ވ)
ސިޔާސީ މައިދާނުގައި އަދިވެސް އެންމެ ސްމާޓްކޮށް ކުޅުއްވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫންގެ ސިޔާސީ ސްމާޓްކަމުން 4 ދަރިކަލުން ތިބިއިރު ކޮޅަކަށް 2 ދަރިކަލުން ހަމަޔަށް ބަހާލައިގެން ކުޅުއްވަމުން ގެންދަވާ ކަމަށެވެ.

"ކޮންމެ ކޮޅެއް މޮޅުވިޔަސް ބައިފަޅި ގެޔަށް ވަންނާނެ ގޮތަށް ކުޅެމުން އެދަނީ." ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ ވިދާޅުވިއެވެ.



މުސްތަފާ މިހެން ވިދާޅުވެފައިވާއިރު ރައީސް މައުމޫނާއި، ދަރިކަލުން ފާރިސް މައުމޫނާއި، ދަރިކަނބަލުން ޔުމްނާ މައުމޫން ތިއްބެވީ މި ސަރުކާރު ފަޅީގައެވެ. އަދި ރައީސް މައުމޫންގެ އެމްއާރްއެމްގެ ފުރަތަމަ އަހަރީ ދުވަހާއި ގުޅިގެން އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްއާރުއެމްއަކީ މިހާރު އޮތް ސަރުކާރުގެ މުހިއްމު ބައިވެރިއެއް ކަމަށާ ސަރުކާރަށް ތާއީދުކޮށް ސަރުކާރު ދެމެހެއްޓުމުގައި ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް އެމްއާރުއެމްއިން މި ސަރުކާރާއެކު ދެމި އޮންނާނެ ކަމަށެވެ.

ނަމަވެސް ރައީސް މައުމޫންގެ ދޮށީ ދަރިކަނބަލުން ދުންޔާ މައުމޫން ފާހަގަ ކުރެވެނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ފަރާތެއްގެ ގޮތުގައެވެ. އަދި ހަގު ދަރިކަލުން ޣައްސާން އަކީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އެވެ.

މީގެ ކުރިން ޣައްސާން ވިދާޅުވެފައިވަނީ، ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އުފައްދައި، ވެރިކަން ކާމިޔާބުކުރި ކޯލިޝަން ރޫޅުމާ އެކު އެމަނިކުފާނުގެ ދިފާއުގައި އެއްބަފާ ބޭބޭފުޅު ފާރިޝް އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުމެވަޑައިގަންނަވާ މަންޒަރު ފެންނާނެ ކަމަށެވެ.

އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށާއި "އަތްވާއި، ވާރޭގެ" ތެރޭގައި ވެސް އެމަނިކުފާނު މިނިވަން ކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރައްވާނެ ކަމަށް ޣައްސާން ގެންދަވަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހުސަންތައުފީޤް

25-Nov-2020

މައުމޫނަކީ ޔަހޫދީއެއް ޔަހޫދީންނައްވުރެމަކަރުވެރިބަޔަކު މިދުނިޔެއަކުނޫޅޭނެ މައުމޫނަކީއޭގެމީހެއް



ޓްރެންޑިން