ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ސިޔާސީ ގޮތުން ކުރާ ފިއްތުން ތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަން ޖެހޭ މީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް ނުވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވަމުން ދެއްކެވި ވާހަކައިގައެވެ.

އިމްރާން ވިދާޅުވީ އޭނާ ހުންނެވީ ދޫ ދެއްވާ ގޮތަަކަށް ނޫން ކަމަށާއި، ރައިސުލްޖުމްހޫރިއްޔާ ދައްކަވާ މަަގުން މަޖިލީހުގެ އެހީއާއެކު މި ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމް ކުރުމުގެ ޒިންމާ ހަވާލުވެ ހުރި ވަޒީރުގެ ހައިސިއްޔަތުން ރައްޔިތުންގެ މާލިއްޔަތުގައި ހުއްޓާ ނެގި ބައިވަރު ފައިސާއާ ގުޅޭ މައްސަލަ ބައްލަވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން މިގޮތައް ކުރާ ފިއްތުން ތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަން ޖެހޭ މީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް އޭނާ ނުވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ، އަނިޔާވެރިކަމާއި ބޭއިންސާފާއި ފަސާދަ އާއި ކޮރަޕްޝަންގެ ވަކިތަކުގެ ދަށުން އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރާއި ގާނޫނު ހަދާ މަޖިލީހާއި ވެރިކަން ހިންގުމުގެ ބާރު ކުޑަ ކަކޫ މައްޗަށް ތިރި ކުރި ދުވަސް މާޒީވެ ހިނގައްޖެ ކަމަށެވެ. އަދި އޭނާއާއި ޙަވާލުކޮށްފައިވާ ޒިންމާތައް އަދާކުރަމުންދާކަން، މި ރާއްޖޭގެ ރައްޔިތުން ހެކިވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އޭނާ އެއްވެސް އަންހެނަކަށް އެއްވެސް މިންވަރަކަށް ގޯނާއެއް ކޮށްފައި ނުވާނެ ކަމަށާއި، އަދި އަންހެނަކަށް ފުރައްސާރަކުރުމުގެ ފުރުސަތުވެސް ދީގެން ނުވާނެ ކަމަށެވެ. އަދި ސަފާރީ ރޭޕްކޭހާއި ގުޅިގެން އޭނާ ދެއްކެވި ވާހަކައިން ޖިންސީ ފުރައްސާރައަކީ ސީރިއަސްކަމެއް ނޫންކަމުގައި ދޭހަވި މީހުންގެ ކިބައިން މަޢާފަށް އެދޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

މި މައްސަލައިގެ ބަހުސަށް މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅާފައިވަނީ ދެ ގަޑިއިރެވެ. މީގެ އިތުރުން މައްސަލާގައި ޖަވާބުދާރީވުމަށް މިނިސްޓަރ އިމްރާނަށް ބަހުސް ފުށުމާއެކު 10 މިނެޓް ގެ ފުރުސަތު ދިނުމަށާއި އަދި ބަހުސްގެ މެދުތެރެއިން އިތުރު 10 މިނެޓާއި، ބަހުސް ނިމުމުން އިތުރު 10 މިނެޓާއެކު ޖުމްލަ 30 މިނެޓް ދިނުމަށް ކޮމިޓީން ވަނީ ކަނޑައަޅައިފަ އެވެ.

މި މައްސަލާގައި އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމާފައިވަނީ މިނިސްޓަރ އިމްރާނަށް އިތުބާރު އޮތްކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުންނާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހިމެނޭ ގޮތުން ޖުމްލަ 11 މެންބަރުންގެ ސޮޔާއެކު ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުސްވި މަހުގެ 26 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން