ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައްކަން ޢާއްމުވެއްޖެ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލީޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައްކަން ޢާއްމުވެފައިވާ ކަމަށާއި، މިއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.

ރާއްޖޭގައި ވައްކަން އިތުރުވެއްޖެ ކަމަށް މަލީޙް ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުން ވަނީ އެފަދަ މައްސަލަ ތަކުގެ ޒިންމާ ނަންގަވަން ޖެހޭ ވަޒީރު، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ގެ އިތުބާރު އޮތް ކަމަށް ފާސްކޮށްފައެވެ. އަދި މަލީޙްގެ އިތުބާރު ނެތްކަމަށް ރައީސަށް ދަންނަވަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ފާސްކޮށްފައެވެ. ބެލެހޭ ގޮތުގައި މިއީ އެކަމާ ގުޅިގެން މަލީޙް ދެއްވަމުން ގެންދަވާ ރައްދު ތަކުގެ ތެރޭގައި ހިމެނޭ ރައްދެކެވެ.

މަލީޙް ވިދާޅުވީ، ގޭގަ ހަރުކޮށްފައި ހުންނަ ފަންކާ އާއި، ގޭސްފުޅި، ޓޫލްސް، ގަހުގަ އަޅާފައި ހުންނަ މޭވާކޮޅު ވަގަށް ގެންދިއުން ޢާއްމުވެއްޖެ ކަމަށާއި މިއީ އަސަރުހުރި ކަންކަން ކަމަށެވެ.

"ފުވައްމުލަކުން އެކަނި ކޮންމެ ރެޔަކު އެތައް ވައްކަމެއް އެބަކުރޭ." މަލީޙް ވިދާޅުވިއެވެ.

މަލީޙްގެ ޓްވީޓްގައި ވ އަތޮޅު ފެލިދޫއިން ގެއްލިގެން ހޯދަމުން ގެންދާ މަކާއޯ އެއްގެ ފޮޓޯ ވެސް ޙިއްސާކުރަށްވާފައިވެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު އަދާ ނުކުރަށްވައި އެހެން މަސައްކަތްތައް ކުރެއްވުމާއި، އެހެން ކަންތައްތައް ރައްޔިތުންގެ ސަމާލު ކަމަށް ގެނައުމަށް މަސައްކަތް ކުރަށްވާތީ ގިނަ ބައެއްގެ ފަޑުކިއުން މަލީޙަށް ވަނީ އަމާޒުވެފައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ވެސް ބޮޑެތި ފާޑުކިއުންތަކާ އެކު މަލީހަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނިންމައި ތުހުމަތުތައް ގުޅުވަނީ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ ކޭމުން ހަދަން ޖެހޭ ގަވާއިދުތަކެއް މަލީހުގެ ވަޒީރު ކަމަށް ދެ އަހަރުވީ އިރުވެސް ނުހެދޭ މައްސަލައެވެ. އެއީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަކޮށް، ރެގިއުލޭޓްކޮށް ހިންގަން ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި އެ ގަވާއިދުތައް ނުހެދި ލަސްވާ ކޮންމެ ދުވަހަކު ދައުލަތާއި ރައްޔިތުންނަށް ގެއްލުންތަކެއްވާ ކަމަށް އެ މައްސަލައިގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ކިނބޫ

28-Nov-2020

ބޭރު އަރުވާލާނެކަން ކަށަވަރު ވީމަ ވައްކަން ދިފާއު ކުރުން ހުއްޓާލީ? ދިވެހިރާއްޖެއަކު ނެތް ތިއަށް އިތުބާުކުރާ އެކަކުވެސް.


8

ވަޙީދު

27-Nov-2020

ކޮންމެ މީހަކުވެސް އަދި ވަކީންޚާއްޞަކޮށް ޤައުމުގެ އިސްމަޤާމު ތަކުގައިތިއްބަވާ ބޭފުޅުން އެބޭފުޅަކާއި ޙަވާލުވެފައިވާ ކަންކަން ބަރާބަރަށްކުރެއްވުމަށްފަހު ޤައުގައި ހިގަމުންދާ ނޭދެވޭ ކަންކަމުގެވާހަތައް ރައްޔިތުންނާއި ޙިއްޞާ ކުރެއްވުމަކީ ގިނަ ރައްޔިތުން ވަރަށް ތަރުޙީބު ދޭނެކަމެއް!



ޓްރެންޑިން