ހުވަދުއަތޮޅުގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް ނެތް މައްސަލާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ދެއްކެވީ އެއްވެސް ވަރަކަށް ދެއުޅިއެއްނުވާ ވާހަކަތަކެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރަށްވާ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަން ރާއްޖޭގެ ދެކުނުގައި ތަރައްޤީކުރަން ބޭނުންނަމަ ދެކުނުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު އޮންނަންވާނީ ހުވަދު އަތޮޅުގައި ކަމަށާއި، އިނގިރޭސީން، ހަނގުރާމައަށް ހެދި އެއާޕޯޓެއް ކިތަންމެ ވަރަކަށް ތަރައްގީ ކުރަން އުޅުނަސް އެކަން ނުވާނެ ކަމަށް ސަނީފު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުން ޢަލީ ނިޒާރު ވިދާޅުވީ، ސަނީފު ދެއްކެވީ ދެއުޅިއެއްނުވާ ވާހަކަ ކަމަށެވެ.
އަދި އެޒާތުގެ ދެއުޅިއެއްނުވާ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެނީ، ރާއްޖެ ތަރައްޤީވާން ޖެހޭ ގޮތުގެ ޕްލޭނެއް ރޭވިފައި ނެތުމުން ކަމަށް ޢަލީ ނިޒާރު ވިދާޅުވިއެވެ.
"މިހާރު ޕްރޮޖެކްޓަކީ މެމްބަރުންގެ ޑިމާންޑަށް ވާންޖެހޭ އެއްޗަކަށްވެ، ބަޖެޓްގައިވާ ޢަދަދަކީ މެމްބަރުން ރުއްސަން ޖަހާ އަކުރުތަކަކަށް ވާތަން މި ފެންނަނީ." ސަނީފްގެ ވާހަކަތަކަށް ރައްދުދެއްވައި ޢަލީ ނިޒާރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މުޅި މަޖިލީހުގެ ކޮމެޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން އެންމެ ބޮޑީ އައްޑުއަތޮޅުގައި ކަމަށާއި، އެ އަތޮަޅުގެ ގުދުރަތީ އުފެދުން އެހެން ހުރިހާ ރަށްރަށާއި ތަފާތުވާނެ ކަމަށެވެ. އަދި އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅިގެން ދިޔުމަކީ މުޅި ރާއްޖެ އަށް އޭގެ ފައިދާ އާއި މަންފާ ލިބޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓަށް އިޝާރާތްކުރަށްވައި ސަނީފް ވިދާޅުވީ، އިނގިރޭސީން، ހަނގުރާމައަށް ހެދި އެއާޕޯޓެއް ކިތަންމެ ވަރަކަށް ތަރައްގީ ކުރަން އުޅުނަސް އެކަން ނުވާނެ ކަމަށާއި، ދިވެހިރާއްޖެ ތަރައްގީ ކުރަންޖެހޭނީ ރަށްތައް އޮންނަ ގޮތަށް އިގްތިސާދު ފުޅާކުރެވޭނެ ގޮތަށް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ރަށްތައް އޮންނަ ގޮތަށް މިކަން ކުރަން ނޫޅެނީ ކީއްވެތޯ ސަނީފް ވަނީ ސުވާލު އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު