މިހާ ހިސާބަށް އައިއިރުވެސް ރާއްޖޭގެ ސަރުކާރުތަކުން ތަރައްޤީގެ ރަނގަޅު ޕްލޭނެއް ގެންގުޅެފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުތަކަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، މިވަގުތަކީ ރާއްޖެއަށް ޓޫރިސްޓުން އަންނާނެގޮތަށް ވިސްނުން ގެންގުޅެންޖެހޭ ވަގުތު ކަމަށާއި، މިއީ ވަގުތީގޮތުން ލިބެންއޮތް ފައިދާއެއް ލިބިގަންނަށް އޮތް ވަގުތެއް ނޫން ކަމަށެވެ.
"މަޖިލީހުގެ މެމްބަރުންނަށް މި ވާހަކަ ދެކެވެނީ ޙަގީގަތުގައި އަޅުގަނޑުމެން ރާއްޖޭގައި މިހާހިސާބަށް އައިއިރުވެސް ތަރައްޤީގެ ރަނގަޅު ޕްލޭނެއް ނެތީމަ. ވެރިކަމަށް އަންނަ ކޮންމެ ބަޔަކުވެސް އަންނަގޮތަށް ކުރިން ފަށާފައި ހުންނަ މަޝްރޫޢުތައް ބަދަލުވޭ. ސިޔާސަތުތައް ބަދަލުވޭ. އަދި ބައެއް ޙާލަތްތަކުގައި ވާގޮތަކީ އަޅުގަނޑުމެން ސިޔާސަތެއްގެ ވާހަކަ ދެއްކިޔަސް ކަމެއް ކުރަން ޖެހުނީމަ މުޅިން އެއާ އެއްގޮތަކަށްނޫން ދަނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރު އައުމުގެކުރިން ތިމާވެށި ޙިމާޔަތްކުރާ ވާހަކަ ވަރަށް ބޮޑަށް ދެއްކި ކަމަށާއި، ނަމަވެސް ބިން ހިއްކައިގެން ހޯރަފުށީ އެއަރޕޯޓް އަޅަންވީމާ ތިމާވެއްޓަށް ބަލަން ނުޖެހުނު ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ނަތީޖާއެއް ނެރެވޭނީ ބަހާއި ޢަމަލު ސީދާކޮށް އެއްމަގަކުން ގެންގޮސްގެން ކަމަށެވެ.
މިވަގުތު ވިސްނަންވީ ދާއިމީ ގޮތެއްގައި ފައިދާ ލިބޭނެ ގޮތަކަށް ޓޫރިޒަމްގެ ސިނާޢަތު ކުރިއަށް ގެންދިއުމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިފަދަ މޭރުމަކުން އާދަމް ޝަރީފް ވާހަކަ ދައްކަވާފައި ވާއިރު އާދަމް ޝަރީފް ޑިފެންސް މިނިސްޓަރުކަން ކުރެއްވި ރައީސް ޔާމީންގެ ސަރުކާރުން ވަނީ އޭގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ފެށި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައެވެ. އަދި އޭގެ ކުރިން ރާއްޖޭގައި ޢަމަލު ކުރަމުންއައި މުޅި ނިޒާމް ރައީސް ޔާމީންގެ ވެރިކަމުގައި ގަޑުބަޑު ކުރިކަމަށް އޭރުގެ އިދިކޮޅުފަރާތް ތަކުން ބުނަމުން ދިޔައެވެ. ޚާއްސަކޮށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު މުޅިން ބަދަލުކޮށް ދުނިޔޭގެ އެހެން ޤައުމުތަކާއި ރާއްޖެ ބީރައްޓެހިކޮށް އެކަހެރިކުރުވި ކަމަށް އިދިކޮޅުން އޭރު ސިފަކުރިއެވެ.
އާދަމް ޝަރީފުގެ އެވާހަކަތަކަށް ރައްދު ދެއްވި އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ ކުރީގެ ސަރުކާރުން ފަށާފައިވާ އެއްވެސް ކަމެއް މިހާރުގެ ސަރުކާރުން ހުއްޓާލާ ވަޅުލާފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު