ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އަޙްމަދު ރަޝީދު
ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އަޙްމަދު ރަޝީދު
ފޮތެއްގައި ޖަހާފައި އޮންނަ ޢަދަދުތަކަށް އައްޑޫ މީހުން މިހާރު ނުހެއްލޭނެ ކަމަށް ވިދާޅުވެ ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަށް ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އަޙްމަދު ރަޝީދު ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ.

އައްޑޫ ބަހުން މިރޭކުރި ޓްވީޓެއްގައި މެމްބަރު އަޙްމަދު ރަޝީދު ވިދާޅުވީ، ތާކުންތާކު ނުޖެހޭ ހޮޅިވާހަކަ ދައްކައިގެން މީހުންނަށް އޮޅުވައިލެވޭނީ ވަކި ވަރަކަށް ކަމަށާއި، ހަމައެކަނި ޢަދަދުތަކެއް ކިޔައިގެން އެއަށް މީހުން މިހާރު ނުހެއްލޭނެ ކަމަށެވެ.

"އެދުވަސް މާޒީ ވެގެން އެބެގެ އަދަ މީހުން ޤަބޫލު ކެރާނެއި ލޮލަށް ފެނެނެމެއި." އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

މެމްބަރު އަޙްމަދު ރަޝީދު ނުސީދާކޮށް ބަޖެޓަށް ފާޑު ވިދާޅުވެފައި މިވަނީ، ކޮންމެ އަހަރެއްގެވެސް ދަޢުލަތުގެ ބަޖެޓްގައި އެންމެ ބޮޑު ޢަދަދެއް އައްޑޫއަށް ކަނޑައެޅިނަމަވެސް، އެ ޢަދަދާ އެކަށީގެންވާ މިންވަރުގެ ތަރައްޤީއެއް އައްޑޫއަށް ލިބެމުން ނުދާކަމުގެ ޝަކުވާ އެ ސިޓީގެ ރައްޔިތުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ޕީއެސްއައިޕީ އަށް ވަނީ 8.306 ބިލިއަން ރުފިޔާ ހިމަނާފައެވެ. ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރެއިން އަތޮޅުތަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ރާވާފައި ވަނީ އައްޑޫ އަށެވެ. އެއީ 774 މިލިއަން ރުފިޔާގެ މަޝްރޫއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ މަގުތައް ތަރައްޤީ ކުރުމާއި، އައްޑޫ އެއަރޕޯޓް ތަރައްޤީ ކުރުން ހިމެނެއެވެ.

އެމްޑީޕީ ހިއްސާވާ ސަރުކާރުތައް ގެނައުމުގައި ބޮޑު ތާއީދެއް އަބަދުވެސް ލިބޭ އައްޑު އަތޮޅަކީ ކޮންމެ އިންތިހާބަކާ ދިމާކޮށް ބޮޑެތި ވަޢުދުތައް ވެސް އަމާޒުވާ އެއްދާއިރާއެވެ. ނަމަވެސް މިހާރު އައްޑޫގެ ގިނަ ރައްޔިތުން ސިފަކުރަނީ އެވަޢުދު ތަކަކީ ވޯޓު ހޯދަން ދައްކާ ހުވަފެން ތަކެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ހަސަނު

28-Nov-2020

އައްޑޫ ތިބީ ހުސް ކޮހާ މިވެރިން ހަދުވަފެއި ބާތިބައި މި ސަރުކާރުނަސް ދައުރު ނިއްމާނެއި އެއްކަމަސް ނިކެރާށިޔެ


8

ޒަރީރު

28-Nov-2020

ތަފިރިން އައްޑޫ މެންބަރާ އައްޑު އަައް ކަމައް ކެރުވާއް ތެބެހިނގަތާއި ތަފިރިއެ އެތިބެއު އެމްޑީޕީ ވެރިކަމައް އާމެއި ސަނާ ކޭފެއި އެހެންބާކިން ވެރިކަން ކެރާފެހެ މަގަމައްތައް ނުކުމެ ނިފޮރޮއްޕާން ކޮއްކޮއް ތަފިރިން ގެ ވާޖިބަކީ އޭ ނުނީ މި ސަރުކާރުނަސް އައްޑު އައް އެއްކަމަސް ކެރިފެހެހަރާން ވޭހެއް



ފަހުގެ ލިޔުންތައް

ޓްރެންޑިން