ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ހުވަދު އަތޮޅާއި ފުވައްމުލައް ބާކީ ކޮށްގެން ސަރަޙައްދީ ތަރައްޤީ ނުގެނެވޭނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ދެކުނުގެ ބައިނަލްއަޤްވާމީ އެއަރޕޯޓް އޮންނަންޖެހެނީ ހުވަދު އަތޮޅުގައި ކަމަށާއި، ގަދަބާރުން އޮބި އަޅައިގެން ކިތަންމެ ވަރަކަށް ތަރައްޤީ ގެންނަން އުޅުނު ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވުމުން އެކަމަށް އައްޑޫ ސިޓީއަށް ނިސްބަތްވާ ގިނަ ފަރާތްތަކުން ދެއްވަމުންދާ ރައްދުތަކަށް ޖަވާބު ދެއްވަމުން މެމްބަރު ސަނީފް ވިދާޅުވީ ހުވަދު އަތޮޅާއި ފުވައްމުލައް ބާކީ ކޮށްގެން ސަރަޙައްދީ ތަރައްޤީ ނުގެނެވޭނެ ކަމަށެވެ.

މެމްބަރު ސަނީފް ވިދާޅުވީ، މި ވާހަކަ ހުވަދޫ ރައްޔިތުން ދައްކާތާ ލައްކަ ދުވަސް ވެއްޖެ ކަމަށާއި، ސަރަޙައްދީ ތަރައްޤީ އަކީ ގުޅިގެން ކުރެވޭނެ ކަމެއްކަމަށެވެ. އަދި ހުވަދު އަތޮޅާއި ފުވައްމުލައް ބާކީކޮށްފައި އެކަން ނުކުރެވޭނެ ކަމަށް ސަނީފް ވިދާޅުވިއެވެ.

ހުވަދު އަތޮޅަށް ބައިނަލް އަޤުވާމީ އެއަރޕޯޓެއްގެ މުހިއްމުކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގައި މެމްބަރު ސަނީފް ވިދާޅުވީ، ގދ. ގައި މިހާރު 12 ޓޫރިސްޓް ރިސޯޓް އޮޕަރޭޝަންގަ އެބައޮތް ކަމަށާއި، އޭގެ އިތުރުން 3 ރަށް ނިމުމުގެ މަގުމަތީގައި އެބައޮތް ކަމަށެވެ. އަދި ދިވެހިރާއްޖެ ތަރައްގީ ކުރަންޖެހޭނީ ރަށްތައް އޮންނަ ގޮތަށް ބަލައިގެން، އިގްތިސާދު ފުޅާކުރެވޭނެ ގޮތަށް ކަމަށް ސަނީފް ވިދާޅުވެފައި ވެއެވެ.



ދެކުނުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރާ ގުޅޭގޮތުން މެމްބަރު ސަނީފް ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރަށްވާ ޢަލީ ނިޒާރު ވިދާޅުވީ، ސަނީފް ދެއްކެވީ އެއްވެސް ވަރަކަށް ދެއުޅިއެއްނުވާ ވާހަކަތަކެއް ކަމަށެވެ. އަދި އެޒާތުގެ ދެއުޅިއެއްނުވާ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެނީ، ރާއްޖެ ތަރައްޤީވާން ޖެހޭ ގޮތުގެ ޕްލޭނެއް ރޭވިފައި ނެތުމުން ކަމަށް ޢަލީ ނިޒާރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން