2012 ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދު މަޤާމުން އިސްތިޢުފާ ދެއްވީ ފިނޑިކަމުން ކަމަށް ރައީސް ނަޝީދުގެ ދައުރުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު އަދާކުރެއްވި ޝުޢައިބް ޢަލީ، ފުރަހަނި ޝުޢައިބު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އިސްމަޤާމުތަކެއް މީގެ ކުރިން އަދާކުރަށްވައި ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވުނު ޝުޢައިބު ފަހަކަށްއައިސް ފާހަގަ ކުރެވިފައިވަނީ، ރައީސް ނަޝީދާއި އެމްޑީޕީއަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން އެމްޑީޕީން ވަނީ ޝުޢައިބަށް ފިޔަވަޅުއަޅައި ޕާޓީގައި އޭނާ އަދާކުރަމުން ދިޔަ މަޤާމުންވެސް ވަކިކޮށްފައެވެ.
ރައީސް ނަޝީދުގެ އިސްތިޢުފާއާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝުޢައިބު ވިދާޅުވީ، މީހަކު ނޫނީ ބަޔަކު ބުނެގެން މަޖުބޫރު ކޮށްގެން ނުވަތަ ބޮލުގައި ބަޑި ޖައްސައިގެން ދަޢުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިބޭ ފަރާތްތައް، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ މަޤާމުން އިސްތިޢުފާ ދިނުމަކީ ފިނޑި ޢަމަލެއް ކަމަށެވެ.
"ރައީސް ނަޝީދުގެ އިސްތިޢުފާ ފިނޑި. މަޖުބޫރުކޮށް ބޮލުގައި ބަޑި ޖެއްސީމަ އިސްތިޢުފާދޭ ސިފައިންގެ އެންމެ އިސް ވެރިޔެއް އަޅުގަނޑު ބޭނުމެއް ނޫން. ރައީސް ނަޝީދު އެއަށްވުރެ ހިތްވަރު ގަދަވާންޖެހޭ." ޝުޢައިބު ވިދާޅުވިއެވެ.
ޝުޢައިބު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވާ މީހަކު ހަމައެކަނި ޝާނާ ޝައުކަތާއި، ލައްޒަތަށް ނުވަތަ ރުފިޔާ ކޮޅަކަށްޓަކައި އެ މަޤާމާ ޙަވާލުވެގެން ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އެމްޕީއެލްގެ ޗެއަރމަންކަމުން ނަޒާކީ ޒަކީ އިސްތިޢުފާ ދެއްވީ ޒިންމާ އުފުލުމުގެ ނަމޫނާ ދައްކަވަމުން ކަމަށްވެސް ޝުޢައިބު ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަށް ގުޅީފަޅުން ގޯތި ދޫކުރާނެ ކަމަށް އެމްޑީޕީން ވެފައިވާ ވަޢުދު ފުއްދަމުން ނުދާކަމަށް ބުނެ ޝުޢައިބު އިސްކޮށް ހުންނަވައިގެން "ނޯގޯތި-ނޯވޯޓް" ގެ ނަމުގައި މަދަނީ ޙަރަކާތެއްވެސް މިހާރު ވަނީ ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު