ކުރީގެ ނައިބްރައީސް އަހުމަދު ޖަމީލް މުހައްމަދު
ކުރީގެ ނައިބްރައީސް އަހުމަދު ޖަމީލް މުހައްމަދު
ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ސިޔާސީ ހަރަކާތްތައް ހިންގަވަނީ އިދިކޮޅު ފަރާތްތައް ކަސްތޮޅު އެޅުވުމަށް ފަހުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރގެ މަގާމުވެސް ފުރުއްވާ ޑރ. ޖަމީލް މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ސޯލިހު އިއްޔެ ވަނީ ލ. ކައްދުއަށް ވަޑައިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ މަރުކަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، ތަމްރީނުތަކެއްގެ ޑެމޯ ބައްލަވާލައްވައިފައެވެ. އަދި އެއަށްފަހު ލ. ގަމަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައިވެއެވެ.

ރައީސް ޞާލިޙް ޓެގް ކުރައްވައި ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ އޮޅުވާލައިގެން ކެމްޕެއިން ކުރުން ހުއްޓާލެއްވުމަށް ގޮވާލައްވައިފައެވެ. އަދި ރަށްރަށަށް ދަތުރުކުރަށްވައި ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތެއް އިދިކޮޅަށް ވެސް އޮންނަން ޖެހޭ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

"ސިޔާސީ ހަރަކާތް ހިންގަވަން އުޅުއްވަނީ އިދިކޮޅު ލީޑަރާއި ޕާޓީ ކަސްތޮޅު އެޅުވުމަށް ފަހު." ޖަމީލް ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމަށް ގެންނަން އޭރުގެ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރެއްވި ޑރ. ޖަމީލު މިހާރު ވަނީ އޭނާގެ ސިޔާސީ ފިކުރު ބަދަކު ކުރަށްވައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ފަށްޓަވާފައެވެ. ޑރ. ޖަމީލަކީ މިހާރުގެ އިދިކޮޅު ލީޑަރ ކުރީގެ ރައީސް، ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުގެ ވެސް އިސް ބޭފުޅެކެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ޖަމީލު މަގާމުން ބޭރުކޮށްލީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ފަހުގައެވެ. މި ވޯޓު ނަގާފައި ވަނީ ޖަމީލު ރަށުގައި ވަޑައިގެންވެސް ނެތިއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ސުޖާއު

05-Dec-2020

ސިޔާސީގޮތުން ޖަމީލް އަކީ 00😂


-2

ޙަސަން ފަރީދު

05-Dec-2020

ޖަމީލަކީ ސިޔާސީ ރަންޑިއެއް.



ޓްރެންޑިން