އަހުމަދު އަދީބު (ކ) އަނބިކަނބަލުންނާއެކު
އަހުމަދު އަދީބު (ކ) އަނބިކަނބަލުންނާއެކު
ޔާމީންގެ ސަރުކާރުގައި ރައީސް ނަޝީދު އެޅުވީ ކުރީގެ ނާއިބް ރައީސް، އަހުމަދު އަދީބް ފަދަ އެންމެ ފަންޏެއް ނޫންކަމުގައި ޝައިޚް ޒަމަޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.

ޝައިޚް ފާރިޝް މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ނައިބު ރައީސްކަމުގައި ހުންނެވި އަހްމަދު އަދީބު އަބްދުލްޣަފޫރު، އެކިއެކި ޙުކުމްތަކާއި ގުޅިގެން ކޯޓުތަކުގެ ފަނޑިޔާރުންނަށް 60 މިލިޔަން ރުފިޔާ ޚަރަދުކުރެއްވިކަމަށް ވިދާޅުވެފައިވާ އަދީބުގެ ބަޔާނެއް މީސްމީޑިއާގައި ލީކް ކޮށްލުމާ ގުޅިގެން ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

"އަންނި (ރައީސް ނަޝީދު) ޔާމީނުގެ ސަރުކާރުގައި އެޅުވީ މީގެ އެންމެ ފަންޏެއް ކަމަށް ދުށުމަކީ މޮޔަ ވިސްނުމެއް. ގިނަ ފަހަރު އަތުޖެހޭނީ މަދު ފަންޏެއް. އެތައް ފަންޏެއް ވާނުވާ ތަނެއްވެސް ނޭނގޭނެ. ބައެއް ފަނިތައް ކޮކާލާއި ބަޅިނދަށް ބަދަލުވެފައި ތިބުން ގާތް." ޝައިޚް ވިދާޅުވެފައިވެއެވެ.

އަދީބު ފަދަ އެތައް ފަންޏެއް ޔާމިން ސަރުކާރުގައި ރައީސް ނަޝީދު އަޅުވާފައި ވާނެކަމަށް ޝައިޚް ފާރިޝް އިޝާރާތް ކުރަށްވާފައި މިވަނީ އަދީބަކީ ރައީސް ޔާމިން ސަރުކާރުގައި ރައީސް ނަޝީދު ފޮނުވައިގެން އެޅުވި ފަންޏެއް ކަމުގައި ވިދާޅުވެ، ރައްޔިތުން މަޖިލިހުގެ ކެމްޕެއިން ދުވަސްވަރު ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅަކަށް ޢިޝާރަތް ކުރަށްވައި ކަމަށް ބެލެވެއެވެ.

އަދީބާ ގުޅޭގޮތުން ރައީސް ނަޝީދު ދައްކަވާފައިވާ މިފަދަ ވާހަކަފުޅު ތަކުގެ ތެރެއިން އަދީބުގެ ފޯނުގައިހުރި މައުލޫމާތު ތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވާހަކަ ފާހަގަ ކޮށްލެވެއެވެ. ރައީސް ނަޝީދު ވަރަށް ފަހުން ރައްޔިތުންގެ މަޖިލީހުގައި އެވާހަކަ ދައްކަވަމުން އެމަނިކުފާނަށް ލިބިވަޑައިގެންމެވި އެ މައުލޫމާތު ތަކުގެ ތެރޭގައި ހިމެނޭ އެތައް ސަތޭކަ މެސެޖެއް ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރަށްވާފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަބްދޫ

07-Dec-2020

އަދީބު މެދުވެރިކޮށް ފާތުމަ ފަންޏަކަށްބަދަލުުކުރި ފާތުމަ ލައްވާ ޕާޓީ ފަޅާލި .ސައިނީ ފަނިކޮށް ޕީޕީއެމް މެމްބަރުންގެ ފަޅުރަށް ތައް އަތުލި.ޔާމީނާ އިދިކޮޅަށް ފަނިކޮށްލުމުގެ މޭސްތެރިއަކީ ނަސީދު ބައިވެރިންނަކީ އަދީބުއާ ފާތުމަ



ޓްރެންޑިން