ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ބަދަލުހިފުމުގެ ވިސްނުންހުރި މީހަކު ދިފާޢީ އިސް ވަކީލުކަމަށް ހަމަޖެއްސުމާމެދު ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ސުވާލު އުފައްދަވައިފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ދިފާޢީ އިސްވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދެވެ. އަދި ރައީސް ޔާމީންގެ ނާއިބު ރައީސްކަމުން ޑރ. ޖަމީލް ވަކިކޮށް މަގާމުން ދުރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައެޅުމަށް އެމައްސަލަ ޖަމީލްވަނީ ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައެވެ. ޖަމީލު އެއްކޮޅުން ރައީސް ޔާމީންގެ ދިފާޢީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދަވާއިރު އަނެއްކޮޅުން ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ މަގާމުން ދުރުކުރި މައްސަލައިގައި އޭރުގެ ސަރުކާރާއި ދެކޮޅަށް ގެންދަވަނީ ދައުވާކުރަށްވަމުންނެވެ.

އަނެއްކޮޅުން ޖަމީލް ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައި ބުނާގޮތަށް ވެރިކަން ކުރާ ބާރު ސޭފްގާޑު ކުރުމަށް ސުޕްރީމް ކޯޓުން އެ މައްސަލާގައި ބަހެއް ބުނުން މުހިއްމު ކަމަށެވެ.

މިކަންކަމަށް އިޝާރާތްކުރަށްވައި ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިމާގެ ކިބައިން ބަދަލުހިފުމުގެ ވިސްނުމެއް ގެންގުޅެދާނެކަމަށް ބެލެވިދާނެ މީހަކު ތިމާގެ ދިފާއީ މަހާވަކީލު ކަމުގައި ހަމަޖެއްސުމަކީ ބުއްދިވެރިކަމެއް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަމަށް ޖަވާބު ދެއްވަމުން ޑރ. މައުސޫމް ވިދާޅުވެފައިވަނީ، "ހިއެއްނުވާ" ކަމަށެވެ.



ރައީސް ޔާމީންގެ ނައިބު ރައީސް ކަމުން ޑރ. ޖަމީލް ވަކިކުރުމަށް ފާސްކުރީ 21 ޖުލައި 2015 ގައެވެ. އޭގެފަހުން ލަންޑަނުގައި ދިރިއުޅުއްވި ޑރ ޖަމީލް އޭރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ރައީސް ޔާމީން ބޭނުން ކުރެއްވި ކަމަށް އިއުތިރާފްވެ ވަޑައިގެންފައި ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އުފެއްދެވި އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ލީޑަރުކަން ވެސް ޑރ. ޖަމީލް ކުރެއްވިއެވެ. އެމްޔޫއޯއަކީ ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރުމުގެ ހަރަކާތްތައް ހިންގުމަށް އުފެއްދި އިއްތިހާދެކެވެ.

ނަމަވެސް ފަހުން ޑރ. ޖަމީލް ވަނީ ޕީޕީއެމްއަށް ސޮއި ކުރަށްވައި ޕީޕީއެމްގެ އެޑްވައިޒަރުކަމަށް ޢައްޔަނުކޮށްފައެވެ. އަދި މިހާރު އެމަނިކުފާނަކީ ރައީސް ޔާމީންގެ ދިފާޢީ އިސް ވަކީލެވެ.


ކިޔުންތެރިންގެ ހިޔާލު


-12

ނ

07-Dec-2020

މައާފު ކުރުމަކީވެސް ކިހާރީތި ސިފައެއް . އެކަމުގަ ރައިސްޔާމީންގެ މައްސަލައެއްނެތް . މައްސަލައަކީ އެމްޑީޕީ ރައިސްޔާމީންގެ ސަރުކާރުގަ އެޅުވިފަނި . މިއަދު ދިވެހިރައްޔިތުންނަށް އެދަނީ އެކަން އެގިހާމަވަމުން . އެމްއެމްޕީއާރްސީ ގެ ފައިސާ ކައި ބަހައި ބައިއެޅިބަޔަކު ރައްޔިތުންނަށް ވަރަށްސާފު ރައިސްޔާމީން ގައުމަށް ހިޔާނަތްތެރި ނުވާކަމާ މިލިޔަން ޑޮލަރ އެމަނިކުފާނުގެ އެކައުންޓަށް ޖަމާުކުރެވުނު ފައިސާގަ ބޭނުން ނުކުރައްވާ އެކައުންޓަކަށް ހަމާކުރެއްވިކަންވެސް އެއީ އެމަނިކުފާނު ގެ އެކަމުގަ ގެންގުޅުއްވި ހޮޔޮނިޔަތް . ޑރ ޖަމީލު ރައިސްޔާމީން ގެ ފަރާތުން ބަދަލެއް ނުހިއްޕަވާނެ . އިންޝާﷲ އެމަނިކުފާނަށް ޑރ ޖަމީލު މަސައްކަތް ޕުޅު ކޮއްދެއްވާނީ ހިތްޕުޅުގެ ހޮޔޮކުރައްވާ ހުންނަވާ .



ޓްރެންޑިން