ވަގުން ހިފަން އައި މަޖިލިހަށް ދެ އަހަރުވާއިރު ވައްކަންކުރި އެންމެން ތިބީ ގޭގައި ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ހިމެނޭ ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެޖޯރިޓީއާއެކު އެކުލަވާލާފައިވާ ޖޭއެސްސީއަށް ކަމުނުގޮސްގެން މައްސަލަ ބަލައި ސަސްޕެންޑްކޮށް ފިޔަަވަޅު އަޅައި މަގާމުން ވަކިކޮށްފައިވާ ހައިލަމް މިހެން ވިދާޅުވެފައިވަނީ، ކުރީގެ މަޖިލިސް މެމްބަރ އަލްހާން ފަހުމީ، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ދައުލަތުން މާދާމާ އަބްދުﷲ ޒިޔަތަށް ހުކުމް އިއްވާނެ ކަމަށާއި، ކޯޓުގެ ހުކުމަކީވެސް ޑީލެއް ކަމަށް ވިދާޅުވެ ކުރައްވާފައިވާ ޓުވީޓަކަށް ރައްދުދެއްވަމުންނެވެ.
"ވަގުން ހިފަން އައި މަޖިލިހަށް 2 އަހަރުވާއިރު، ވައްކަންކުރި އެންމެން ތިބީ ގޭގައި. އެމްއެމްޕީއާރްސީގެ 1 ރ ވެސް ހޯދިފައިނުވޭ. ސަފާރީ ކޭހަށް ވީގޮތް އެނގޭ މީހަކު ނެތް. 10 މީހަކަށް ޖިންސީ ގޯނާކުރި މިނިސްޓަރު ހުރީ ގޭގައި. އަނިޔާއާއި ވައްކަމަކީ ބަޔަކު ދެކޮޅުހަދާ ފަލްސަފާއެކޭ ބުނާތީ އިވޭ." ހައިލަމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވެ ނުވަތަ އެޚިޔާނާތުން މަންފާ ލިބުނު ފަރާތްތަކުގެ ތެރޭގައި 200 އާ ގާތްކުރާ އަދަދަކަށް މީހުން އެބަތިބި ކަމަށް، ރަސްމީ މަސްދަރުތަކުން ބުނެފައިވެއެވެ. އޭގެތެރެއިން މިހާރު މައްސަލައިގެ ތަހުގީގު ހިންގާ ހުކުމެއް ކޮށްފައިވަނީ ކުރީގެ ރައީސް ޔާމީނާއި، ނައިބު ރައީސް އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށެވެ.
ހައިލަމް ފާހަގަ ކުރަށްވާފައިވާ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ނުވަތަ "ރޯޔަލް ރޭޕް ކޭސް" މިހާރު ވަނީ އޮބިގެން ގޮސްފައެވެ. ހޯމް މިނިސްޓަރ ވިދާޅުވެފައިވަނީ ސަފާރީގައި ހިނގީ އާންމުންގެ ތެރޭގައި ވެސް ހިނގާ ފަދަ އާދައިގެ ކަމެއް ކަމަށެވެ.
ހައިލަމް އެވިދާޅުވާ އޮފީހުގެ ގިނަ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރި ވަޒީރަކީ އަލީ ވަހީދެވެ. އަލީ ވަހީދު ވަޒީފާއިން ދުރުކޮށް މައްސަލަ ތަހުގީގު ކުރާތާ އެތައް ދުވަހެއް ވެފައިވާއިރު އޭނާގެ މައްސަލަ ކޯޓަށް ފޮނުވި ކަމަށް ބުނި ފަހުން އަދި ޚަބަރެއް ނުވެއެވެ.
މީގެއިތުރުން ވެސް މިސަރުކާރުގައި ހިންގާފައިވާ ކަމަށް ބުނާ ބޮޑެތި ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަ ދެއްކުން ފިޔަވައި އެހެން ކަމެއް ހިނގަމުން ނުދާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު