ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުޙައްމަދު ޣައްސާން މައުމޫން (ކ). އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުޙައްމަދު ޣައްސާން މައުމޫން (ކ). އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ރައީސް ޔާމީންގެ ސަރުކާރުގައި ޢިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ލިސްޓުގައި ކުރިން ތިބި މީހުން ލިސްޓުން އުނިކުރުމަކީ ހެޔޮ ވެރިކަމެއްގައި ކުރާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތައް ކުރީ ސަރުކާރުން ދީފައިވަނީ ޙައްޤުވެރި ފަރާތްތަކަށްތޯ ބެލުމަށް މި ސަރުކާރުން އެކުލަވާލި ފްލެޓް ކޮމިޓީން، ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު ނެރެމުން އަންނައިރު، ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކުގެ ކެޓަގަރީން މިހާތަނަށް 1248 މީހުން ވަނީ ޝަރުތު ހަމަނުވާތީ ލިސްޓުން އުނިކޮށްފައެވެ. އޭގެ ތެރޭގައި މީގެ ކުރިން ފްލެޓް ކަށަވަރުވެ ލިޔުން ދީފައިވާ 655 މީހުންވެސް ހިމެނެއެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޕީޕީއެމްގެ ނާއިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ، ހިޔާ ފްލެޓަށް ކޮލިފައިވެފައިވާ ފަރާތްތަކެއް މިސަރުކާރުން ހެދި އާ ލިސްޓުން އުނިކުރެވުނު އުސޫލް ރައްޔިތުންނަށް ހާމަވާން ޖެހޭ ކަމަށެވެ.

"1248 ދިވެހި ޢާއިލާ ސިޔާސީ މަންފާ އަކަށް ޤުރުބާން ކުރުމަކީ ރައްޔިތުން އެދޭ ގޮތެއް، އިންސާފެއް، ނޫނީ ހެޔޮ ވެރިކަމެއްވެސް ނޫން." މެމްބަރު ޣައްސާން ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ އެޗް-7 ކެޓަގަރީގެ އެތައް ބަޔަކު ޝަރުތު ހަމަނުވާކަމަށް ކޮމިޓީން ކަނޑައަޅާފައިވަނީ އެ ފަރާތްތައް މާލޭ ސަރަޙައްދުގައި ދިރި ނޫޅޭ ކަމަށް ބުނެއެވެ. ނަމަވެސް ފްލެޓް ލިބުނު ކަމަށް ލިސްޓްގައި ހިމެނޭ ބައެއް ފަރާތްތަކުގެ ތެރޭގައިވެސް މާލޭގައި ދިރިނޫޅޭ ފަރާތްތައް ހިމެނޭ ކަމުގެ ޝަކުވާ މީސްމީޑިއާގައި ޢާއްމުން ދަނީ ކުރަމުންނެވެ.

ހިޔާ މަޝްރޫޢާ ބެހޭގޮތުން ހުސްވި ހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ ހިޔާމަޝްރޫޢުން މީހަކަށް ދީފައިވާ ފްލެޓެއް އަތުލާފައި ނުވާނެ ކަމަށެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ ކުރިން ދީފައިވާ މައުލޫމާތެއް ޞައްހަތޯ ބެލުން ކަމަށާއި އެގޮތަށް ބެލުމަށްފަހު އަލުން ޕޮއިންޓްދީފައިވާއިރު ކުރީގައި ދީފައިވާ ޕޮއިންޓާއި ފަހުން ލިބުނު ޕޮއިންޓާއި ޕޮއިންޓް ދަށްވީ ކީއްވެގެންކަން ވެސް ލިސްޓުން އެނގެން އޮންނާނެ ކަމަށެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން