މުނާފިޤުންގެ ހުރިހާ ސިފަތަކެއްހުރި އަމިއްލަ އެދުމުގެ މަތީގައި ތިބި މީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މުހައްމަދު އިސްމާޢިލް މިހެން ވިދާޅުވެފައިވަނީ "މިއަދު ޕީޕީއެމްގެ ވެރިކަމުގައި އޮތްނަމަ ކޮވިޑް ވެކްސިންވެސް ވިއްކާނީ ކަމަށް" ބްރިޖޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހީމް ދީދީ ވިދާޅުވެފައިވާތީ އެކަމަށް ރަށްދު ދެއްވަމުންނެވެ.

"މުނާފިޤުންގެ ހުރިހާ ސިފަތަކެއް އެބަހުރި އަމިއްލަ އެދުމުގެ ކުރިމަތީގައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމުގެ ދިރިހުރި މިސާލު؟ ޝޭހުގެ ތާޖު އަޅައިގެން، ޖެނެރަލްގެ ލަޤަބު ހޯދައިގެން ތިބެ އަމިއްލަ މަންފާ ނޫން ކަމެއް ނެތް؟ ސިޔާސީ ތަގުންގެ ގޮތުގައި ތާރީޚުގައި ކަޅުއަކުރުން ލިޔަންޖެހޭ!" މުހައްމަދު އިސްމާޢީލް ވިދާޅުވެފައިވެއެވެ.

މުހައްމަދު އިސްމާޢީލް އިތުރަށް ވިދާޅުވީ ޑީޑީ އަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގައި ގައުމީ ބަތަަލެއްގެ ގޮތުގައި ލިޔެވިފައިވާ ބޭފުޅެއް ނަމަވެސް މިއަދު ޖެނެރަލް ޑީޑީ އަކީ މުނާފިޤުންގެ ވަރަށް ގިނަ ސިފަތަކެއް ހުރި، ދިވެހިގައުމަށާއި ދިވެހިރައްޔިތުންގެ މައްޗަށް ރަހުމެއް ނެތް ޣައްދާރެއް ކަމަށެވެ.

ކޮވިޑްގެ ވެކްސިން ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވުމާ ގުޅިގެން އެއީ އިތުރުފުޅެއް ކަމަށާއި ކޮވިޑްގެ ވެކްސިން ހުރީ އެކުވެރި ގައުމުތަކާއި ޖަމިއްޔާތަކުން ދިވެހި ރައްޔިތުންނަށްޓަކައި ގަނެދީފައި ކަމަށް މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވުމާ ގުޅިގެން ސަޢީދަށް ރައްދު ދެއްވަމުން ޖެނެރަލް އިބްރާހިމް ދީދީ ވިދާޅުވީ، މިއީ ޕީޕީއެމްގެ ވެރިކަމެއްނަމަ އެންމެ ޤައުމަކުން ހިލޭ ވެކްސިން ދިން ނަމަވެސް އެ ވެކްސިން ކޮޅުވެސް ރައްޔިތުންނަށް ވިއްކާނީ ކަމަށެވެ. އަދި މިއީ ޕީޕީއެމްގެ ވެރިކަމެއް ނަމަ ހިލޭ ވެކްސިން ދޭނެ ޤައުމެއް އޮންނާނެތޯ ޖެނެރަލް ޑީޑީ ވަނީ ސުވާލު އުފައްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން