ސިއްރާއި ފާޅުގައި މުޅި ދައުލަތް ލޫޓުވުން ނޫން ކަމެއް ނެތް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މުހައްމަދު އިސްމާޢީލް މިހެން ވިދާޅުވެފައިވަނީ، ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ވެރިކަމުގެ ހުވާ ކުރައްވާތާ 6 މަސް ތެރޭގައި އިންސާފު ހޯދައިދޭނެ ކަމަށް ވަޢުދުވި މަރުތަކުގެ މައްސަލައަށް އަދިވެސް އިންސާފު ނުލިބިވާތީ އެކަމަށް އިޝާރާތް ކުރަށްވައެވެ.
"ސިއްރާއި ފާޅުގައި މުޅި ދައުލަތް ލޫޓުވުން ނޫން ކަމެއް ނެތް؟ ވެރިކަމުގެ ހުވާ ކުރާތާ 6 މަސް ތެރޭގައި އިންސާފު ހޯދައިދިނުމަށް ވަޢުދުވި މަރުތަކުގެ މައްސަލަތައް ކޮބާ؟ އަދުލު އިންސާފުގެ ތެރޭން ކުރާ ކަމެއް އެބަ އޮތްބާ؟ އިންސާފު ހޯދައިދިނުމަށް ބުނި މަރުތަކުގެ ޢާއިލާތައް ޙައްޤު ހޯދައިދޭނެކަމުގެ އިންތިޒާރުގައިބާ؟" މުހައްމަދު އިސްމާޢީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަޢުދުވި ބައެއް ކަންކަން އަދިވެސް ޢަމަލީ ގޮތުން ނުފެންނަ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި ޚާއްސަކޮށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދައުލަތުން ވައްކަމާއި ޚިޔާނާތުގެ ގިނަ މައްސަލަތައް ފެންމަތިވެފައިވާއިރު އެމައްސަލަތައް ނުބެލޭތީ ގިނަ ބަޔަކު ދަނީ އެކަމާ ފާޑުކިޔަމުންނެވެ.

ސިއްރާ ފާޅުގަ މުޅި ދައުލަތް ލޫޓުވުން ނޫންކަމެށް ނެތް؟ވެރިކަމުގެ ހުވާ ކުރާތާ6މަސް ތެރޭގަ އިންސާފު ހޯދްދިނުމަށް ވައުދުވި މަރުތަކުގެ މައްސަލަތައްކޮބާ؟އަދުލުއިންސާފުގެ ތެރޭން ކުރާކަމެއް އެބައޮތްބާ؟އިންސާ ހޯދަދިނުމަށް ބުނި މަރުތަކުގެ އާއިލާތައް ހައްގު ހޯދަދޭނެކަމުގެ އިންތިޒާރުގަބާ ؟ pic.twitter.com/8v7vzKvkUH
— Mohamed Ismail (@Muhmed_Ismail) December 6, 2020
ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަޢުދުވި ބައެއް ކަންކަން އަދިވެސް ޢަމަލީ ގޮތުން ނުފެންނަ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި ޚާއްސަކޮށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދައުލަތުން ވައްކަމާއި ޚިޔާނާތުގެ ގިނަ މައްސަލަތައް ފެންމަތިވެފައިވާއިރު އެމައްސަލަތައް ނުބެލޭތީ ގިނަ ބަޔަކު ދަނީ އެކަމާ ފާޑުކިޔަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު