ބޮޗޭ ޕީޕީއެމްއަށް ސޮއި ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން } ފޮޓޯ: ޕީޕީއެމް
ބޮޗޭ ޕީޕީއެމްއަށް ސޮއި ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން } ފޮޓޯ: ޕީޕީއެމް
ކުރިއަތް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަމަށް ޑީއާރުޕީގައި އުޅުއްވުމަށް ފަހު ދާދި ފަހުން އިދިކޮޅާ ގުޅިވަޑައިގެންނެވި މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރަކަށް ވެސް އުޅުއްވި ރިފާއު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، އަދުގެ ސަރުކާރު ކުރިއަތް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑުތަނުން ބަލިވާނެކަން އެނގޭތީ، ކޯވިޑް 19 އަކީ އިންތިހާބު ނުބޭއްވުމަށް ބޭނުން ކުރަމުންދާ ހަތިޔާރަކަށް ހަދައިފި ކަމަށެވެ. އަދި މިކަން ކުރައްވާ ބޭފުޅުން، މިކަމާއި މެދު ލަދު ނުގަންނަނީތޯވެސް ރިފާއު ސުވާލުކުރެއްވިއެވެ.



ރިފާއު މިފަދައިން ވިދާޅުވެފައި މިވަނީ، ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ކައުންސިލްތަކުގެ އިންތިހާބު މިހާރު އިއުލާނުކޮށްފައި އޮތް ތާރީހަށް ނުބޭއްވިދާނެ ކަމަށް އީސީން މަޖިލީހުގައި ބުނެފައިވާ ކަމަށް، ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވެފައި ވަނިކޮށެވެ.

ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ފަސްކޮށްފައި ވަނީ އިންތިޚާބާ ބެހޭ ޚާއްޞަ ގާނޫނެއްގެ ދަށުންނެވެ. މިގާނޫނުގައި އިންތިޚާބާ ގުޅޭ ކަންކަން ކުރިއަށް ގެންދަންވީ ތާރީޚުތަކާއި ފަސްކޮށްފައިވާ އިންތިޚާބު ބާއްވާނެ ގޮތް ވެސް ވަނީ ކަނޑައަޅާފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އިންތިޚާބަށް ސަރުކާރުން ކެމްޕޭން ކުރަމުން ދަނީ ކޯވިޑާއި މަތިކޮށް އިދިކޮޅު ފަރާތްތައް ކަސްތޮޅު އަޅުވާފައި ބައިތިއްބައިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން