އައްޑޫ ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުން އުފުލަމުންދާ ތަކުލީފުތަކަށް ޙައްލެއް ބޭނުންވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވެފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ރަޖިސްޓްރީކޮށް ފޮރިން އިންވެސްޓްމެންޓެއްގެ ގޮތުގައި ހިންގަމުން ގެންދާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ޒިންމާދާރުކަން ކުޑަ ކަމާއި، އެފަރާތް ޒިންމާކުރުވަން އޮތް ދައުލަތުގެ މުއައްސަސާގެ ފަރުވާކުޑަކަން ހާމަ ކުރަށްވަމުންނެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއް. ގިނަ ދުވަސްވީ، ހަަމަ ކޮންމެހެންވެސް ޙައްލު ބޭނުންވާ މަައްސަލައެއް. ކިޔަވާ ދަރިވަރުން އުފުލަމުންދާ ތަކުލީފުތަކަށް ޙައްލެއް ބޭނުންވޭ. މި މައްސަލަ އަށް މަޖިލިސް ތެރެއިން ދާއިމީ ފަރުވާއެއް ހޯދަން މަސައްކަތް ކުރާނަން، ان شاء الله." އާދަމް ޝަރީފު ވިދާޅުވެފައިވެއެވެ.

2018 ވަނަ އަހަރު ސިވިލް އޭވިއޭޝަނުން އައްޑޫ ފްލައިންގ ސްކޫލު އޮޑިޓްކޮށް ހެދި ރިޕޯޓުންވެސް އެތަނުގައި ރަނގަޅު ފެންވަރުގެ އަދި ހުންނަންޖެހޭ މިންގަނޑުގެ އެއާކްރާފްޓް ނެތްކަމާއި، ހުރި އެއާކްރާފްޓްތައް މެއިންޓެއިން ކުރަމުންނުދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެސްކޫލުގެ އިސް މަގާމުތަކުގައި މީހުންނެތުމުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަލާންޖެހިފައިވާކަން ވެސް ފާހަގަ ކުރެވިފައި ވެއެވެ.

އައްޑޫ ފްލައިން ސްކޫލަކީ 2001 ވަނަ އަހަރު ތަސްދީގު ކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނު 2012/2 ދަށުން 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ސްކޫލެކެވެ. މިސްކޫލްގެ ގިނަ މައްސަލަތެއް ފެންމަތިވެފައިވާއިރު އެފަދަ ބައެއް މައްސަލަތައް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބަލަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން