ވޯޓަކުން ނިންމި ކަމެއް ވޯޓަކުން ބަދަލުވެސް ކުރެވޭނެ ކަމަށް ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙުސެއިން ނިހާދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާރު ވެރިކަން ކުރާ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުގެ ވާހަކަފުޅަށް ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ލީޑަރ ރައީސް މައުމޫން ވަނީ ދެކޮޅު ހައްދަވާފައެވެ.
އެކަމާގުޅިގެން، ރައީސް ނަޝީދުގެ ވާހަކަފުޅަށް ތާޢީދު ކުރަށްވައި، ރައީސް މައުމޫނަށް ރައްދު ދެއްވަމުން މެމްބަރު ނިހާދު ވިދާޅުވީ، ނިޒާމް ބަދަލު ކުރުމުގައި މަޖިލީހުގެ ރައީސް އާއި ޤައުމުގެ ރައީސް މަޝްވަރާކޮށް އެއްބަސް ވެވިއްޖެނަމަ ދެން ކުރަން ހުރި ކަންކަން ކުރެވޭނެ ކަމަށެވެ.
"ވޯޓަކުން ނިންމި ކަމެއް ވޯޓަކުން ބަދަލުވެސް ކުރެވޭނެ" ރައީސް މައުމޫނަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވިއެވެ.
ކުރީގެ ރައީސް، ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި، އެހެންކަމުން ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލު ނުކުރެވޭނެ ކަމަށެވެ. ރައީސް މަޢުމޫން މިހެން ވިދާޅުވި އިރު، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމަކީ އެއްގޮތަކަށްވެސް ތާކުންތާކުޖެހޭ ކަމެއް ނޫން ކަމަށާއި، އެކަން ނުވެސް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކޯލިޝަންގެ ދެ ލީޑަރުން ކަމަށްވާ ރައީސް މައުމޫނާއި ޤާސިމް އިބްރާހީމް ދެކޮޅުހެއްދެވި ނަމަވެސް ރާއްޖޭގައި އޮންނަން ފެނިވަޑައިގަންނަވަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ގެންދަވަނީ އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރަށްވަމުންނެވެ.

Nizaam badhalu kurumugai Majlis Raees ai Gaumuge Raees ai mashvaraa koh ebbas vevijje nama dhen kuraan huri kankan kureveyne! Vote akun ninmi kameh vote akun badhaluves kureveyne! https://t.co/kue6jxkV5v
— Feydhoo Meehaa (Mohamed Nihad) (@nihad_m) December 8, 2020
ކުރީގެ ރައީސް، ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި، އެހެންކަމުން ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލު ނުކުރެވޭނެ ކަމަށެވެ. ރައީސް މަޢުމޫން މިހެން ވިދާޅުވި އިރު، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމަކީ އެއްގޮތަކަށްވެސް ތާކުންތާކުޖެހޭ ކަމެއް ނޫން ކަމަށާއި، އެކަން ނުވެސް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކޯލިޝަންގެ ދެ ލީޑަރުން ކަމަށްވާ ރައީސް މައުމޫނާއި ޤާސިމް އިބްރާހީމް ދެކޮޅުހެއްދެވި ނަމަވެސް ރާއްޖޭގައި އޮންނަން ފެނިވަޑައިގަންނަވަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ގެންދަވަނީ އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު