ރައީސް ޔާމީން ޖަލުގައި ބާއްވަނީ ރައީސް ނަޝީދު ޖަލަށްލުމުގެ ބަދަލު ހިފުމަށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ތުހުމަތު ކުރަށްވައިފިއެވެ.
ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ހިތާމަ ކުރައްވާ ކަމެއްކަމަށާއި، ނަމަވެސް ރައީސް ޔާމީން ޖަލަށް ލާފައިވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު ވެސް ޖަލަށް ލުމުންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އާސްކް ސްޕީކަރ ޕްރޮގުރާމުގައި ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ބޭފުޅަކު ކަމުގައި ވީނަމަވެސް ކުށެއް ކޮށްފިނަމަ އަދަބު ދޭންޖެހޭނެ ކަމަށާއި، ނަމަވެސް އެދުވަހު އެމަނިކުފާނު ޖަލަށް ނުލެއްވިނަމަ މިއަދު ރައީސް ޔާމީންވެސް ޖަލުގައި އޮންނަން ނުޖެހުނީސް ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި އެމްޕީ ޝިޔާމް ވަނީ، ރައީސް ޔާމީން ޖަލުގައި އޮންނެވީ ރައީސް ނަޝީދުގެ ބަދަލު ހިއްޕެވުމަކަށްކަމަށް ތުހުމަތު ކުރަށްވާފައެވެ.
"އެހެންވީމާ ރައީސް ނަޝީދު ތިޔަ ވިދާޅުވަނީ، ރައީސް ޔާމީން މިއަދު ޖަލުގައި އެ އޮންނަވަނީ ތިމަން މަނިކުފާނު އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އުސްތާޛު ޢަބްދުﷲ މުޙައްމަދު (އަބްދުﷲ ޤާޟީ) ނިޒާމުން ގެއްލުވާ ލެއްވީމައޭ ތޯ؟" އެމްޕީ ޝިޔާމް ތުހުމަތު ކުރަށްވާފައިވެއެވެ.
ރޭގެ ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާން ރައީސް ޔާމީނަށް ބެލިކަމުގައިވިޔަސް، އެންމެން އެކަމާ ގަޔާނުވާނެ ކަމަށެވެ. އަދި ވެރިކަން ކުރުމަށްފަހު ނިންމާފައިވާ ވެރިންނާއިމެދު ދިމާވާ ކަންކަމުގައި އަމަލު ކުރަންޖެހޭ ގޮތް ޤާނޫނު އަސާސީގައި ބުނާ ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ލާފައި ނުވާނެ ކަމަށެވެ. ނަމަވެސް ރައީސް މައުމޫނަކީ ދިވެހި ތާރީހުގައިވެސް އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ލީޑަރުންނަށް ބޮޑެތި ޙުކުމްތައް އިއްވައި ޖަލުގައި ބަންދު ކުރަށްވާފައެވެ. އޭގެ ތެރޭގައި ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާއި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް ހިމެނެއެވެ. ނަމަވެސް ފަހުން، ސުޕްރީމް ކޯޓުން ވަނީ އެބޭފުޅުންނަށް ކުރި ޙުކުމްތައް ބާތިލް ކޮށްފައެވެ.
ރައީސް ޔާމީން މިވަގުތު ހުންނެވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޙުކުމް ތަންފީޒު ކުރަށްވަން ޖަލުގައެވެ. ދަޢުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިތުރު ދަޢުވާތަކެއްވެސް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު