ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު ހައިރާންވަނީ ޤައުމުގެ ވެރިން މާބޮޑަށް މުޖުރިމެއްގެ އަތްދަށުގައި ތާށިވީވެފައިވާތީ ކަމަށް ވިދާޅުވެ ޑރ. ޖަމީލުގެ ނައިބްރައީސްކަން ނިމުމަކަށް ގެންނެވި ކަމަށްބުނާ ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ދިރިއުޅުއްވާ ގެ ބަދަލު ކުރެއްވުމަށް ފުރުޞަތު ދިނުމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ކުރެވުނު ހުރިހާ ދައުވާތަކަކަށް އަމިއްލައަށް އިއުތިރާފުވެ ވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ދިރިއުޅުއްވުން މާލެއިން ހުޅުމާލެއަށް ބަދަލު ކުރައްވާފައި ވާކަން ކުށްވެރިން ބަލަހައްޓާ ކަރެކްޝަންސުން މިއަދު ވަނީ ހާމަކޮށްފައެވެ. ޑރ. ޖަމީލާއި، އަދީބަކީވެސް ރައީސް ޔާމީންގެ ސަރުކާރުގައި ނައިބުރައީސްކަން ކުރެއްވި ދެބޭފުޅުން ކަމަށްވާއިރު ޑރ. ޖަމީލުގެ ނާއިބްރައީސްކަމުން "ގަދަކަމުން" ދުރުކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވީ އަދީބު ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދީބު ނައިބު ރައީސް ކަމަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ޑރ. ޖަމީލް ނައިބު ރައީސް ކަމުން ވަކިކުރުމަށް ފަހުއެވެ.
މިހާރު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ދިފާޢީ އިސް ވަކީލު ޑރ. ޖަމީލް ވިދާޅުވީ، ބޮޑެތި ކުށްތަކަށް މީހުން ފަސްޖެހޭނެ ސަބަބެއް މިހާރު ނެތްކަމަށެވެ. އަދި ބޮޑު ޚިޔާނާތްވި މީހުން ހުކުމަށްފަހުވެސް ތިބީ އަރާމުގައި އަމިއްލަ ގޭގައިކަމަށާއި، 800 އަހަރުގެ ހުކުމްވެސް މިހާރު ބަދަލު ވެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އަދީބު ގޭބަންދަށް ބަދަލުކުރެއްވީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.
"ހައިރާންވަނީ ޤައުމުގެ ވެރިން މުޖްރިމެއްގެ އަތްދަށުގައި މިވަރަށް ތާށިވީމާ. މިހެން ކަންކަން ވާން ޖެހޭ ހާދަހާވާ ބޮޑެތި ސަބަބުތަކެއް ފަހަތުގައި އޮންނާނެއޭ!! ނޫނީ ކޮން ފަދަ މަސައްކަތެއް ހަވާލުކުރީބާ؟" ޑރ ޖަމީލް ސުވާލު އުފައްދަވާފައިވެއެވެ.
މީގެ ކުރިން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ގެއަށް ބަދަލުކުރެއްވުމުން ޖަމީލް ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާކުރަން އަދީބު ހަތިޔާރަކަށް ބޭނުންކުރާ ކަށަވަރުވާ މިއަށްވުރެ ބޮޑު ދަލީލެއް ނެތް ކަމަށާއި ސަރުކާރު ކިލަނބު ވެފައިވާ ވަރު އެކަމުން ފެންނަ ކަމަށެވެ.
މާލޭ ގައި ދިރިއުޅުއްވުމަށްފަހު މިހާރު އަދީބު ވަނީ ހުޅުމާލޭ އަމީން އެވެނިޔު ގައި ހުރި ފްލެޓަކަށް ބަދަލުވެ ވަޑައިގެންފައެވެ. މިކަން ކަރެކްޝަނަލް ސާވިސަސް އިން ވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ. އަދި ކުރިއެކޭ އެއް ގޮތަށް އަދީބު ދިރިއުޅުއްވާ ތަނުގެ ސެކިއުރިޓީ ކަރެކްޝަންސް އިން ދަނީ ބަލަމުންނެވެ.

... މިހެން ކަންކަން ވާން ޖެހޭ ހާދަހާވާ ބޮޑެތި ސަބަބުތަކެއް ފަހަތުގައި އޮންނާނެއޭ!! ނޫނީ ކޮން ފަދަ މަސައްކަތެއް ހަވާލުކުރީބާ؟ މިއީ ހުސް ރަައްޔިތުން ކަންބޮޑުވާންޖެހޭ ކަންކަން! 2/2
— Mohamed Jameel Ahmed (@MJameelAhmed) December 9, 2020
މީގެ ކުރިން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ގެއަށް ބަދަލުކުރެއްވުމުން ޖަމީލް ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާކުރަން އަދީބު ހަތިޔާރަކަށް ބޭނުންކުރާ ކަށަވަރުވާ މިއަށްވުރެ ބޮޑު ދަލީލެއް ނެތް ކަމަށާއި ސަރުކާރު ކިލަނބު ވެފައިވާ ވަރު އެކަމުން ފެންނަ ކަމަށެވެ.
މާލޭ ގައި ދިރިއުޅުއްވުމަށްފަހު މިހާރު އަދީބު ވަނީ ހުޅުމާލޭ އަމީން އެވެނިޔު ގައި ހުރި ފްލެޓަކަށް ބަދަލުވެ ވަޑައިގެންފައެވެ. މިކަން ކަރެކްޝަނަލް ސާވިސަސް އިން ވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ. އަދި ކުރިއެކޭ އެއް ގޮތަށް އަދީބު ދިރިއުޅުއްވާ ތަނުގެ ސެކިއުރިޓީ ކަރެކްޝަންސް އިން ދަނީ ބަލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު