ސަރުކާރުން ދަނީ ދިފާޢުވުމުގެ ޙައްޤުން ރައީސް ޔާމީން މަޙްރޫމްކުރަމުން ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ޓީމުން މިއަދު ރައީސް ޔާމީނާއި ބައްދަލު ކުރުމަށް ދިއުމުން ކަރެކްޝަންސް އިން ވަނީ އެ ފަރާތްތަކަށް ސިޓީއެއް ޙަވާލު ކޮށްފައި ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެއެވެ. އެގޮތުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ނެތި ރައީސް ޔާމީނާއި ބައްދަލު ނުކުރެވޭނެކަމަށް އަންގާފައިވާ ކަމަށް ވަކީލުން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މި ސަރުކާރުން ގެންދަނީ ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ދިފާޢުވުމުގެ ޙައްގުން ރައީސް ޔާމީން މަޙުރޫމްކުރަމުން ކަމަށެވެ. އަދި ސަރުކާރުން ގެންދަނީ ޚިޔާނާތުގެ ޙަޤީޤީ ބައިވެރިން ކަމަށްވާ އަދީބާއި ޒިޔަތާއެކު ޑީލް ހަދައިގެން އިތުރު މައްސަލަތައް އުފަންކޮށް ރައީސް ޔާމީނަށް ޤަސްދުގައި އަނިޔާ ކުރަމުން ކަމަށެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުންތައް ބޭއްވޭ ގޮތް ނުވެގެން އެކަމުގެ ކަންބޮޑުވުން އެމަނިކުފާނުގެ ވަކީލުން ފާޅުކުރެއްވިއިރު ކޯވިޑް-19 ގެ މި ހާލަތުގައި މީގެކުރިން ވެސް ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން ބައެއް ފަހަރުތަކުގައި ކޯޓުން އަންގައިގެން ވަކީލުންގެ ބައްދަލުވުންތައް ހަމަޖައްސައިދީފައި އެބަހުއްޓެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ކުރެވުނު ހުރިހާ ދައުވާތަކަކަށް އަމިއްލައަށް އިއުތިރާފުވެ ވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ދިރިއުޅުއްވުން މާލެއިން ހުޅުމާލެއަށް ބަދަލު ކުރައްވާފައި ވާކަން ކުށްވެރިން ބަލަހައްޓާ ކަރެކްޝަންސުން މިއަދު ވަނީ ހާމަކޮށްފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އަދީބު ގޭބަންދަށް ބަދަލުކުރެއްވީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.
މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑަރިންގެ އިތުރު ދައުވާ އަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު