ޕީއެންސީގެ ރައީސް ޢަބްދުއަރަޙީމް ޢަބްދުﷲ (ކ)، އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ވ)
ޕީއެންސީގެ ރައީސް ޢަބްދުއަރަޙީމް ޢަބްދުﷲ (ކ)، އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ވ)
މިސަރުކާރުން ޒީރޯ ޓޮލެރެންސްގެ ދަށުން އިސްކަންދެނީ ވައްކަންކުރަން ކަމަށް ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދަ މޭރުމަކުން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެންމަތިކުރީ، ސަރުކާރުގެ ތެރެއިން ވެރިކަން ފުރޮޅާލާފާނެތީ ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ރައީސް ޔާމީން ކޮރަޕްޝަނާއި ދެކޮޅުވެގެން ކުރެއްވި ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވުމާ ގުޅިގެންނެވެ.

އަދުރޭ ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ހާމަކުރީ ސަރުކާރުގެ ތެރޭ ހިންގާ ކޮރަޕްޝަން ބެލުމުގެ ހިތްވަރު ރައީސް ޔާމީންގެ ކިބައިގައި ހުރުމުން ކަމަށެވެ. އަދި މިއަދު ކޮރަޕްޝަންގެ ރިޕޯޓްކުރުން އިތުރުވެފައިވަނީ ރިޕޯޓް ކުރެވޭނެ މަގު ފަހިވެގެން ނޫން ކަމަސް އަދުރޭ ވިދާޅުވިއެވެ. ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، "ޒީރޯ ޓޮލަރެންސް" ކެމްޕެއިން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް އިތުރުވީ ނޫންކަމަށާއި، ވިސްލްބްލޯ ޕޯޓަލް އާއި ވިސްލްބްލޯ ގާނޫނު ވުޖޫދަށް އައިފަހުން، ކޮރަޕްޝަންގެ އަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެފައިވަނީ، ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ގަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތުމުން ކަމަށެވެ.

"މިއަދު މައްސަލަ ރިޕޯޓްކުރުން އިތުރުވީ ރިޕޯޓްކުރެވޭނެ މަގު ފަހިވެގެނެއްނޫން. ޒީރޯ ޓޮލަރެންސްގެ ދަށުން ވައްކަންކުރުމަށް ރައީސް ޞާލިޙުގެ ސަރުކާރުންދޭ ޚާއްޞަ އިސްކަމެއްގެ ސަބަބުން." އަދުރޭ ވިދާޅުވިއެވެ.



ބައިނަލްއަޤްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ފެންމަތިވީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވި ހިސާބުން ކަމަށާއި، އެއީ އެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއް ނޫން ކަމަށެވެ. އެކަން ކުރީ، ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަންޖެހި މަޅިއެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ސަރުކާރުގެ ސިޔާސަތަކީ، ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުންކަމަށާއި، ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ގާނޫނުން ރައްކާތެރިކަން ހޯދައިދިނުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޙަސަންބެ

13-Dec-2020

ވަގުން, އެހެންމީހުނަށް ވަގަށް ގޮވަނީ ތިމާވައްކަން ކުރިވާހަކަ ގޮވާފާނެތީ އެހެންމީހުންގެ އަނގަ ބަންދުކުރެވޭނެ ކަމަށް. ހީހީ ހަލާކުވެދާނެ



ޓްރެންޑިން