ނަފާ ނަސީމް
ނަފާ ނަސީމް
ކޮންމެ ކަމެއްގައިވެސް ރަނގަޅު ނަތީޖާ ނުކުންނާނީ، ތެދު ނިޔަތުގައި އަޑު އުފުލައިގެން ކަމަށް ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ޙަރަކާތްތެރިވެ، ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް އޭރު އެމްޑީޕީން ބޭއްވި ގިނަ މުޒާހަރާތަކުގައިވެސް އަޑު އުފުއްލަވާފައިވާ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ، މަސްވެރިންގެ ދުވަހާ ގުޅިގެން މަސްވެރިންގެ ޙައްޤުތައް ހޯދުމަށް މަސްވެރިން އަޑު އުފުލަމުން ގެންދާ ދުވަސްވަރެއްގައެވެ. ނަމަވެސް ނަފާ ނަސީމުގެ މި ނަސޭހަތް އަމާޒު ކުރަށްވާފައި ވަނީ ކަނޑައެޅިގެން ވަކި ފަރާތަކަށް ކަމެއް ކަނޑައެޅިގެން ވިދާޅެއް ނުވެއެވެ.

ނަފާ ނަސީމް ވިދާޅުވީ، ޒުވާންކަމުގެ ޖޯޝަކީ ރަނގަޅަށް ބޭނުން ނުހިފިއްޖެނަމަ މީހާގެ ހަލާކަށް ވެސް ވެދާނެ ކަމެއް ކަމަށާއި، ސިޔާސީ ވުމަށާއި، މަޝްހޫރު ވުމަށް އަޑު އުފުލުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

"ތެދުނިޔަތުގައި ކަންކަން ރަގަޅުކުރަން، ކެތްތެރިކަމާ، ހިކުމަތްތެރިކަމާއެކު، ގުޅިގެން މަސައްކަތް ކުރާށެވެ. ލަހުން ނަމަވެސް ނަތީޖާ ފެންނާނެއެވެ." ނަސީމް ވިދާޅުވިއެވެ.



މީގެ އިތުރުން ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޕަބްލިސިޓީއަކީ ތާއީދެއް ނޫން ކަމަށާއި، ގޮތްދޫނުކުރުމަކީ އަޒުމް ވަރުގަދަވުމެއްވެސް ނޫން ކަމަށެވެ. އަދި ޖައްބާރުކަމަކީ ކާމިޔާބު ވުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ މަސްވެރިންގެ ޙައްޤުތައް ހޯދުމަށް ބޭއްވި އެއްވުމުގައި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބަރ ޕާޓީ) ގެ ތަރުޖަމާނު މަޢުރޫފް ޒާހިރު މަސްވެރިންނާ މުޚާތަބްކޮށް ވަނީ މަސްވެރިން މި ފެށި ފެށުމުގައި، އެއްވާނެއްގައި ދޭތިން އެކައްޗަށް ކުރިއަށްގޮސް މަސްވެރިންގެ ޙައްޤުތައް ހޯދުމަށް ގޮވާލާފައެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އުފެއްދުމުގައިވެސް އިސްކޮށް ޙަރަކާތްތެރިވި މާއްޓޭ ވަނީ މަސްވެރިންގެ ބާރު އަތްމައްޗަށް ގެނެސް، މަސްވެރިންގެ މަސް ކުންފުނި މަސްވެރިން އަމިއްލައަށް އުފެއްދުމަށްވެސް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

މަންތިރި

13-Dec-2020

މީ މަސްވެރިން ކުރި އިހުތިޖާޖުގެ ބައިވެރިންނަށް މި ސަރުކާރަށް ވާގިވެރިވެ ނުސީދާކޮށް ނަފާ ނަސީމު ދިން އިންޒާރެއް.



ޓްރެންޑިން