ރައީސް ނަޝީދު (ކ) އާއި ޗައިނާ ސަފީރު ޒާން (ވ)
ރައީސް ނަޝީދު (ކ) އާއި ޗައިނާ ސަފީރު ޒާން (ވ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިއޮންގ ޓްވިޓަރގައި އަނެއްކާވެސް ކޯޅެން ފަށްޓަވައިފިއެވެ.

ޢާއްމުކޮށް އެކިކަންކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ޚިޔާލުތައް ފާޅުކުރަށްވާ މި ދެބޭފުޅުން ޓްވިޓަރގައި މިއަދު ކޯޅެން ފަށްޓަވާފައި މިވަނީ، ކުރިއަށް މިއޮތް 14 ދުވަސްތެރޭގައި ރާއްޖެއިން ޗައިނާއަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާލުވީ، ކުރިއަށް އޮތް 14 ދުވަސްތެރޭ ރާއްޖެއިން ޗައިނާއަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށާއި، ޗައިނާގެ ބޭންކް ތަކުން މިކަމުގައި ސަރުކާރަށް މިހާތަނަށް އެއްވެސް ލުޔެއް ދީފައި ނެތް ކަމަށެވެ.

އަދި މިއީ ކުރިޔަށް އޮތް 14 ދުވަހު ދަޢުލަތަށް ލިބޭ ޢާމްދަނީގެ 50 އިންސައްތަ އަށްވުރެ ބޮޑު ޢަދަދެއް ކަމަށާއި، ކޯވިޑް-19 އަށް ފަހު ރާއްޖެއަށް ހަމަޖެހިލާނެ ވަގުތު ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދުދީ ޗައިނާ ސަފީރު ވިދާޅުވީ، ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ޗައިނާއަށް 15 މިލިއަން ޑޮލަރު ދައްކަން ނުޖެހޭ ކަމަށް ޗައިނާ ބޭންކްތަކުން ބުނެފައިވާ ކަމަށެވެ. އަދި އެއީ ރައީސް ނަޝީދަށް ރަނގަޅު ޚަބަރަކަށް ވާނެ ކަމަށާއި، އަވަހަށް އެކައުންޓްތައް ޗެކްކޮށް އެޢަދަދު ބަޖެޓަށް ރައްކާކުރުމަށް ޗައިނާ ސަފީރު ވަނީ ރައީސް ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ.



ޗައިނާ ސަފީރުގެ ޓްވީޓްގެ ރައްދުގައި ރައީސް ނަޝީދުގެ އެލެކްސް ޓްވިޓަރ ހޭންޑަލް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، އެ ލިސްޓް ބައްލަވަން ސަފީރު ބޭނުންފުޅުވޭތޯ އާއި، އެ ލިސްޓްވެސް ޓްވިޓަރގައި ޙިއްސާކުރަން ވީތޯ އައްސަވާފައެވެ. އެޓްވީޓަށް ޗައިނާ ސަފީރު އަދި ރައްދެއް ދެއްވާފައެއް ނުވެއެވެ.

ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައިވެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު ރައީސް ނަޝީދު ވަނީ، ޗައިނާގެ އެކި ބޭންކްތަކަށް ރާއްޖެއިން ދައްކަންޖެހޭ ލޯންތައް ބޮޑުވެ އެ އަދަދު ނުދެއްކޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެ ޢަދަދުގެ 80 އިންސައްތަ ފައިސާއަކީ ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ހިމަނާފައިވާ ފައިސާ ކަމަށާއި، މާމަގެ ފަށްޓަރުބައި ވިއްކާލައިގެންވެސް އެ އަދަދުތައް ދެއްކެން ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ މިފަދަ ވާހަކަތައް ސަރުކާރުންވެސް ގެންދަނީ ދޮގު ކުރަމުންނެވެ.

އެހެންކަމުން ސޯޝަލްމީޑިއާގައި ގިނަ ބަޔަކު ދަނީ ރައީސް ނަޝީދު އެ ވިދާޅުވާ ލިސްޓް ސޯޝަލް މީޑިއާގައި ހާމަ ކުރުމަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

އިލްޔާސް ހުސެއިން އިބުރާހިމް

13-Dec-2020

ރައީސް ނަޝީދު އިންޑިޔާއައި ގުޅުގެން އިންޑިޔާރުއްސަން ޗައިނާއާއެކު ބަހުގެ ފިނިހަނގުރާމައެއް، މިކުރަނީ އޭނާގެ ހުރި މޮޔަކަމުންނެވެ! އިންޑިޔާއަށް ޖެހޭނީ ޗައިނާ ކުރިމަތީގައި ބޯތިރިކުރާށެވެ. މިހާރުވެސް އެވަނީ ހުރިހާ ދިމާއަކުން ވަށާލާފައެވެ. ޗައިނާއައި ރުހިގެން ތިބުންނޫންގޮތެއް އިންޑިޔާއަކަށް ނެތެވެ!!


-9

އިލްޔާސް ހުސެއިން އިބުރާހިމް

13-Dec-2020

ރައީސް ނަޝީދު އިންޑިޔާއައި ގުޅުގެން އިންޑިޔާރުއްސަން ޗައިނާއާއެކު ބަހުގެ ފިނިހަނގުރާމައެއް، މިކުރަނީ އޭނާގެ ހުރި މޮޔަކަމުންނެވެ! އިންޑިޔާއަށް ޖެހޭނީ ޗައިނާ ކުރިމަތީގައި ބޯތިރިކުރާށެވެ. މިހާރުވެސް އެވަނީ ހުރިހާ ދިމާއަކުން ވަށާލާފައެވެ. ޗައިނާއައި ރުހިގެން ތިބުންނޫންގޮތެއް އިންޑިޔާއަކަށް ނެތެވެ!!



ޓްރެންޑިން