ރާއްޖެ ދަރަނީ ސިޔާސީ ލީޑަރުން ނުފޯރާފޮތިން ފޫގަޅާތީ ކަމަށް ވިދާޅުވެ މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ސިޔާސީ ލީޑަރުންނަށް ފާޑު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ގެ މި ދަތި އުނދަގޫ ދުވަސްވަރުވެސް ރާއްޖެއިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ހިމެނޭ ލިސްޓެއް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ހާމަކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން ރާއްޖެއިން މިމަހު އެކަނި، ހަމައެކަނި ޗައިނާގެ ބޭންކްތަކަށްވެސް 7 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވިޓެއްގައި އާއްޓޭ ވިދާޅުވީ ރާއްޖެ ދަނީ ބޮޑުކޮށް ދަރަމުން ކަމަށާއި، އެކަމުގެ ޒިންމާ ނަގަން ޖެހެނީ ބޮޑު މަންޒަރު ރައްޔިތުންނަށް ދައްކައި، ނުފޯރާ ފޮތިން ފޫގަޅާ ސިޔާސީ ލީޑަރުން ކަމަށެވެ.
ރާއްޖެއިން ވަނީ އެކި މާލީ އިދާރާތަކުންނާއި ވިޔަފާރި ބޭންކްތަކުން ބޮޑެތި ޢަދަދުތަކުން ލޯނު ނަގާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އިންޑިއާ އާއި ޗައިނާ އެވެ. ހަމައެކަނި ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ ލޯނު ނަގާފައިވެ އެވެ.
އަދި ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ޗައިނާގެ ބޭންކްތަކަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިއޮން ވަނީ ރައީސް ނަޝީދު ވިދާޅުވާ ޢަދަދުތަކަކީ ރަނގަޅުޢަދަދުތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު ރައީސް ނަޝީދު ވަނީ، ޗައިނާގެ އެކި ބޭންކްތަކަށް ރާއްޖެއިން ދައްކަންޖެހޭ ލޯންތައް ބޮޑުކަން ފާހަގަ ކުރަށްވައި އެ އަދަދަށް ފައިސާ ނުދެއްކޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ މި ތުހުމަތުތައް ޗައިނާ ސަފީރާއި، ދިވެހި ސަރުކާރުން ދަނީ ދޮގު ކުރަމުންނެވެ.

Rajje dhanee bodu koh dharamun. Mi kamuge zimmaa nagan jeheynee bodu manzaru raiyyithunnah dhakkaa nufoaraa fothin foogalhaa siyaasee leadarun ! Ras Online - ރާއްޖެއިން ޗައިނާގެ 3 ބޭންކަކަށް މިމަހު ދައްކަންޖެހޭ ދަރަނީގެ ލިސްޓެއް ބޮންޑޭ ހާމަކޮށްފި https://t.co/erwggvnE8X
— Ahmed Arif (@Arttey) December 11, 2020
ރާއްޖެއިން ވަނީ އެކި މާލީ އިދާރާތަކުންނާއި ވިޔަފާރި ބޭންކްތަކުން ބޮޑެތި ޢަދަދުތަކުން ލޯނު ނަގާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އިންޑިއާ އާއި ޗައިނާ އެވެ. ހަމައެކަނި ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ ލޯނު ނަގާފައިވެ އެވެ.
އަދި ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ޗައިނާގެ ބޭންކްތަކަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިއޮން ވަނީ ރައީސް ނަޝީދު ވިދާޅުވާ ޢަދަދުތަކަކީ ރަނގަޅުޢަދަދުތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު ރައީސް ނަޝީދު ވަނީ، ޗައިނާގެ އެކި ބޭންކްތަކަށް ރާއްޖެއިން ދައްކަންޖެހޭ ލޯންތައް ބޮޑުކަން ފާހަގަ ކުރަށްވައި އެ އަދަދަށް ފައިސާ ނުދެއްކޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ މި ތުހުމަތުތައް ޗައިނާ ސަފީރާއި، ދިވެހި ސަރުކާރުން ދަނީ ދޮގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު