ޑރ. އިޔާޒް (ވ) އާއި ރައީސް މައުމޫން (ކ)
ޑރ. އިޔާޒް (ވ) އާއި ރައީސް މައުމޫން (ކ)
ދިރިތިބި ބަޔަކަށް މަރުޙަބާ ކިޔާނަމަ މައްޔިތާއަށް ދެވޭ އަނިޔާއަކުން އޭނާ ސަލާމަތް ކުރުމަށް ވެސް މަރުޙަބާކިޔަން ޖެހޭނެ ކަމަށް ވިދާޅުވެ ޑރ. މުޙައްމަދު އިޔާޒް، ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް ރައްދު ދެއްވައިފިއެވެ.

ކޯވިޑް-19 ގައި މަރުވާ ބޭރުޤައުމެއްގެ ބަޔަކު ރާއްޖޭގައި ވަޅުލުމަށް ތާޢީދު ނުކުރަށްވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވަނީ ވިދާޅުވެފައެވެ. ރައީސް އަލްއުސްތާޛު މައުމޫން ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތް ކުރާ ބިދޭސީންނަށް އެމީހުން ނިސްބަތްވާ ޤައުމާއި، ދީނަށް ބެލުމެއްނެތި ރާއްޖެއިން މަރުޙަބާ ކިޔާ ކަމަށެވެ.

ރައީސް އުސްތާޛު މައުމޫންގެ ވާހަކަފުޅަށް ރައްދު ދެއަވަމުން ޑރ. އިޔާޒް ކުރަަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ދިރިތިބި ބަޔަކަށް މަރުޙަބާ ކިޔާނަމަ މައްޔިތާއަށް ދެވޭ އަނިޔާއަކުން އޭނާ ސަލާމަތް ކުރުމަށް ވެސް މަރުޙަބާކިޔަން ޖެހޭނެ ކަމަށެވެ. އަދި މުސްލިމުންނަކީ ހުރިހާ ޙާލަތެއްގައިވެސް އިޙްތިރާމް ލިބިގެންވާ ބައެއްކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވީ، ކިތަންމެ ބޮޑު ބައްޔެއް ޖެހިގެން ދުނިޔެއާ ވަކިވާން ޖެހުނު ނަމަވެސް އަންދާލުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.

"އެ އަނިޔާވެރިކަމުން މުސްލިމުން ސަލާމަތް ކުރަން އެހީވާން ޖެހޭ." ޑރ އިޔާޒް ވިދާޅުވިއެވެ.

ލަންކާ ސަރުކާރުން ނިންމާފައިވަނީ އެގައުމުގައި ކޯވިޑް-19 ގައި މަރުވާ މީހުން އެންދުމަށެވެ. ނަމަވެސް މުސްލިމުން އެންދުމަށް އެގައުމުގެ މުސްލިމުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލަންކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މުސްލިމުން އެންދުމުގެ ބަދަލުގައި ރާއްޖޭގައި ވަޅުލުމަށް ފޮނުވުމަށް ލަންކާގެ ޚާރިޖީ ވުޒާރާގައި އެދިފައިވަނީ ދިވެހި ސަރުކާރުންނެވެ.

ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް ރާއްޖޭގައި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ފޮނުއްވި ސިޓީފުޅާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދީނީ ވާޖިބެއް ކަމަށެވެ.

އަދި މި މައްސަލާގައި ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ޚިޔާލު މިފަދަ އެހެނިހެން ކަންކަމާއި އެއްގޮތަށް ދެބައިވެފައިވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ކަޅޭ

18-Dec-2020

މުނާފިގު ވާހަކަ ނުދައްކާ ހުރޭ. ކަލޭ މަރުހަބާ ކީ ކަލޭގެ ދުއާ ދެއްވި ވެރިކަމުގެ ނިންމުމަކަށްވާތީ ދިދާއުގަ. ކޮން މުސްލިމުންނެކޭ ކިޔާ އޮޅުވާކަށްތަ!



ޓްރެންޑިން