ނޮޅިވަރަމް ދާއިރާގެ ކުރީގެ އެމްޕީ ޙުސެއިން ޢަރީފް (މ). ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އާއި، ދިފާޢީ ވަޒީރު މާރިޔާ ދީދީގެ އަރިހުގައި
ނޮޅިވަރަމް ދާއިރާގެ ކުރީގެ އެމްޕީ ޙުސެއިން ޢަރީފް (މ). ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އާއި، ދިފާޢީ ވަޒީރު މާރިޔާ ދީދީގެ އަރިހުގައި
ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ހުށައެޅީ ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ޔޫއެން ކެމްޕޭނަށް ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ޙުސެއިން އަރީފް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ނިޔާވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ރާއްޖޭގެ ބައެއް ޝެއިޚުން ތާޢީދު ކުރަނީ މުސްލިމުންނަށް ހެޔޮ އެދިގެން ނޫން ކަމަށާއި، އެއީ ޤަބުރު ވިޔަފާރި ފެށުމަށް ކޮށާ ދޮރެއްކަމަށް ބުނެ ޓްވިޓަރގައި ޢާއްމުންގެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން ކުރަށްވަމުން ކުރީގެ މެމްބަރު އަރީފް ވިދާޅުވީ، ސްރީލަންކާގައި ނިޔާވާ މުސްލިމުންގެ ޤަބުރުތައް ރާއްޖޭގައި ވަޅުލުމަށް އިސްވެ ހުށައެޅީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

"މީ ޢަބްދުﷲ ޝާހިދު ޔޫއެންގެ ރައީސް ކަމަށް ތާޢީދު ހޯދަން ކުރާ ކެމްޕެއިންގެ ބަޔަކަށް ވިޔަސް މިއީ ސީރިއަސް ޤައުމީ މައްސަލައެއް." އަރީފް ވިދާޅުވެފައިވެއެވެ.



ޢަރީފް އިތުރަށް ވިދާޅުވީ، ރާއްޖޭގައިއޮތީ ސިޔާސީ އެންމެ ހަޑިމުޑުދާރު ވައްތަރުކަން ވިސްނަންޖެހޭ ކަމަށާއި، ބައެއްގެނަން އަޑުއިވޭއިރަށް ގެނެސް އެތެރެގެޔަށް ވައްދާ ނިންދަވާކަށް ނުވާނެ ކަމަށެވެ. އެހެންވެއްޖެނަމަ ހެދުނުގޯހާމެދު ހިތާމަކުރަންޖެހިދާނެ ކަމަށް މި ސަރުކާރު ގެނައުމުގައި އިސްދައުރެއް އަދާކުރެއްވުމަށްފަހު މިހާރު ސަރުކާރާ ދެކޮޅަށް ބަސްވިދާޅުވާ އަރީފް ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ ބިމަށް ކަށް ގެނައި ލަންކާ ޢާއިލާތައް ފަހުން އެދޭނީ ޢާއިލާއެއްކޮށްލުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޢަރީފް މި މޭރުމުން ވިދާޅުވެފައިވާއިރު، މި މައްސަލާގައި ދީނީ ޢިލްމުވެރިންގެ ވިސްނުން ވަނީ ދެކަފިވެފައެވެ. އަދި ސަރުކާރު ކޯލިޝަންގެ އިސް ބޭފުޅުންގެ ވިސްނުންވެސް ވަނީ މިކަމުގައި ތަފާތުވެފައެވެ. އެގޮތުން ޢަދާލަތު ޕާޓީން މިކަމުގައި ކުރިއަށް ދިއުމަށް ސަރުކާރަށް ބާރުއަޅައި ޓްވީޓް ކޮށްފައިވާއިރު، ސަރުކާރު ކޯލިޝަން ޕާޓްނަރ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމްވެސް ވަނީ މުސްލިމުންގެ ހަށިތައް އަންދާނަމަ، ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރި ކަމާއެކު އިސްލާމް ދީނުގައިވާ ގޮތަށް ކޮށްދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓުން ގެންދަނީ މިކަމަށް ފާޅުގައި ދެކޮޅުހަދައި، އެ ކަމަށް ތާއީދު ނުކުރާކަން ހާމަ ކުރަމުންނެވެ. މިކަމުގައި އެމްއާރުއެމްގެ ފިކުރަކީ މުސްލިމުންގެ ހަށިތައް އަންދާނުލުމަށް ޝްރީލަންކާ ސަރުކާރުގައި ދިވެހި ސަރުކާރުން ދެންނެވުމެވެ. މި މައްސަލާގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.

ލަންކާއިން ކޯވިޑް-19 ޖެހިގެން މަރުވާ މުސްލިމުން އެންދުމުގެ ބަދަލުގައި ރާއްޖޭގައި ވަޅުލުމަށް ފޮނުވުމަށް ދިވެހި ސަރުކާރުގައި އެދުމުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިހާރު ގެންދަވަނީ އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދަވަމުން ކަމަށެވެ. ނަމަވެސް އެކަމުގައި އަދި އެއްވެސް ގޮތެއް ނުނިންމަވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޖަލީލް

18-Dec-2020

ބޮޑު ބަލާއެއްތީ


10

ނ

18-Dec-2020

ބުރުމާގެ ރިސޯޓެއް ދިނިއްޔާތިކަމުގަކީއްވާނީ ދިވެހިރާއްޖޭގަ އޮތިއްޔާ ދިވެހިރާއްޖޭގަ ވަޅުލީކަމަށްވާނީ ފައިސާއަށް ދުނިޔެ ބައްކޮއްގެން ނުއުޅޭ ބުރުމާގެ 5ތަރީގެ ރިސޯޓެއް އިންސާނިއްޔަތާ މުސްލިމުންނަށް ހެވެއް އެދިގެން ލަންކާގެ މުސްލިމުން ވަޅުލުމަށްބުރުމާގެ ރިސޯޓެއް ދީފިނަމަ ހުރިހާސަވާބެއްވެސް ލިބޭނީ ބުރުމާއަށް .



ޓްރެންޑިން