ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން
ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން
ލަންކާގެ މުސްލިމުން ރާއްޖެއަށް ބަދަލުވެ ރާއްޖޭގައި ދިރިއުޅުމުގެ ދަޢުވަތު ދިވެހި ސަރުކާރުން ދޭން ފެނިވަޑައިގަނަނަވާ ކަމަށް ވިދާޅުވެ، ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ހަޖޫ ޖައްސަވައިފިއެވެ.

ކޯވިޑް-19 ގެ ސަބަބުން މަރުވާ މީހުން އެންދުން ސްރީލަންކާ ސަރުކާރުން މަޖްބޫރު ކޮށްފައިވާތީ، އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވެސް އަންދަންޖެހޭތީ ރާއްޖެ ގެނެސް އެމީހުން ވަޅުލުމުގެ އިންތިޒާމު ހަމަޖައްސައިދޭން ލަންކާ ސަރުކާރުން ވަނީ ދިވެހި ސަރުކާރުގައި އެދިފައެވެ. އަދި އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެކަމަށް ހަޖޫ ޖައްސަވައި ދުންޔާ މައުމޫން ވިދާޅުވީ، ލަންކާގެ މުސްލިމުން ރާއްޖެއަށް ބަދަލުވެ ރާއްޖޭގައި ދިރިއުޅުމުގެ ދަޢުވަތު ދިވެހި ސަރުކާރުން ދޭން ޖެހޭ ކަމަށާއި، ދިވެހި ސަރުކާރާއި، ސަރުކާރަށް ތާޢީދު ކުރާ ދީނީ ޝެއިޚުން އެފަދަ ދަޢުވަތެއް ލަންކާގެ މުސްލިމުންނަށް ނުދޭތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

އަދި ލަންކާ ސަރުކާރުން އެ ޤައުމުގެ ބައިމަދު މުސްލިމުންގެ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށް ދުންޔާ ވަނީ ގޮވާލައްވާފައެވެ.

"ސްރީލަންކާ ސަރުކާރުން ލަންކާގެ މުސްލިމުންންގެ ޙައްޤުތަކަށް އިޙްތިރާމްކޮށް ކޯވިޑް ޖެހިގެން ނިޔާވާ މުސްލިމުންގެ ޖަނާޒާގެ އިންތިޒާމްތައް އިސްލާމް ދީނުގައިވާ ގޮތަށް ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލަން." ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާގެ ޓްވީޓްގައި ވެއެވެ.



ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވުމާއެކު، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމާމެދު ދީނީ ޢިލްމުވެރިން ގެންދަވަނީ ތަފާތު ޚިޔާލުތައް ފާޅު ކުރަށްވަމުންނެވެ. އަދި ކުރީގެ ރައީސް މައުމޫން އެކަމަށް ފާޅުގައި ދެކޮޅު ހައްދަވާފައިވާއިރު، އެމަނިކުފާނުގެ ދަރިކަނބަލުން ވެސް މިވަނީ މިފަދަ ކަންކަމުގައި ރާއްޖޭގެ ދާޚިލީ ސިޔާސަތު ވަރަށް ބަލިކަށިކަން ހާމަކޮށްދޭ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

އަވަށްޓެރި ގައުމެއްގެ ރަށްވެހި މުސްލިމުންނަށް އެގައުމުގައި ދޭންޖެހޭ އިހުތިރާމާގަދަރު ނުލިބި އިންސާނީ ހައްގުތަކާއި އެބައި މީހުންގެ ދީނީ ޝަރީޢަތާ ޚިލާފަށް އަމަލުތަކެއް ހިންގާއިރު އެކަމާ ދެކޮޅަށް ބަހެެއް ބުނުމުގެ ބަދަލުގައި އަދިވެސް އެ އަނިޔާވެރި ސަރުކާރުން އެދޭ ގޮތަށް އަމަލު ކުރާން ދިވެހި ސަރުކާރުން މަސައްކަތް ކުރާކަން ދުންޔާއާއި ރައީސް މައުމޫންގެ ވާހަކަފުޅުތަކުން ހާމަވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އ. ސަޢީދު

18-Dec-2020

ދުންޔާމެން އެހެން މީހުންނާ ހަޖޫޖަހާވަރެއްނޫ ތިވަރުވެފައިތިތިބީދިވެހިންގެ ލޭބޮއެގެން ބަފާ ޖަލައްބަޑިޖަހާމަރާލިމީހުންމަހެދިގޮއިކިޔާލަދީބަލަ ބަފާވެރިކަމާހަވާލުވިއިރު ދިވެހިޝިޕިންލައިނުގައިއޮއި 97ކާގޯބޯޓުވަނީކޮންތާކައްތޯ ދިނިޔޭގެއެއްމެބޮޑު3ވަނަޝިޕިންލައިނައްހެދީކިހިނެއްތޯބަފާކައރިންއަހާބަލަ އެއާރމޯލްޑިވްސްވީކޮންތާކުތޯއަހާބަލަ އައިލެންއޭވިއޭޝަންކޮބައިތޯއަހާބަލަ އެމެއެމްއޭގެ ތިޖޫރީހިފައިގެންއިނގިރޭސިވިލާތައްދިޔައީކީއްކުރަންތޯއަހާބަލަ ތިއާލާތުންގެ ގޮހޮރުބުޑުގައިވަނީދިވެހިންގެ ޚަޒާނާތަކޭ



ޓްރެންޑިން