ދިވެހިން ވަނީ ވިރާސީ ރަސްކަމުގެ ބޯދާ ނިޒާމަށް އަލްވަދާޢު ކިޔާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އައްޑޫ ޝަރީފު ވިދާޅުވެއްޖެއެވެ.
ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ތަފާތު ހާމަކޮށް ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، ދިވެހިން ވަނީ ވިރާސީ ރަސްކަމުގެ ބޯދާ ނިޒާމަށް އަލްވަދާޢު ކިޔައި ޒަމާނީ ނިޒާމް ޚިޔާރު ކޮށްފައި ކަމަށެވެ. އަދި އެންމެ މަތީ ވެރިޔާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓުންކަމަށް ދިވެހިން ނިންމާފައިވާ ކަމަށާއި، އެއީ ރައްޔިތުންގެ އަތުގައި އޮތް އެންމެ ބޮޑު ބާރު ކަމަށް މެމްބަރު ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެބާރު ރައްޔިތުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތްކަމަށާއި އެޙައްޤު ރައްޔިތުންނަށް އޮންނަންޖެހޭ ކަމަށެވެ.
ރިޔާސީ ނިޒާމެއް މުހިންމުވާކަމުގެ ޙުއްޖަތް ދައްކަވަމުން ޝަރީފް ވިދާޅުވީ، ނިމިގެންދިޔަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެޤައުމުގެ ރައްޔިތުން ސަލާމަތްވީ ރިޔާސީ ނިޒާމުގެ ސަބަބުން ކަމަށާއި، އެ ޤައުމުން ފެނިގެން ދިޔައީ ރައްޔިތުންގެ ވޯޓުން ވެރިޔަކު ހޮވުމަށް ބާރުއޮތުމުގެ މުހިއްމުކަން ކަމަށެވެ. އަދި އެޤައުމުގައި ބަރުލަމާނީ ނިޒާމެއް އޮތްނަމަ ވާނެގޮތް އަންދާޒާ ކޮށްލަން ނޭނގޭ ކަމަށާއި، އެޤައުމުގެ ރައްޔިތުން ރިޔާސީ ނިޒާމެއް ހޯދީ، އިނގިރޭސިވިލާތުގެ ރަސްކަމާ ބޮޑު ހަނގުރާމައެއްކޮށް ކާމިޔާބު ކޮށްގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ސަރުކާރުގެ ކޯލިޝަންގެ ލީޑަރުންނާއި، ރައީސް ޞާލިޙް ޓެގްކޮށް ޝަރީފް ވިދާޅުވީ، ކޮންމެ ބޭފުޅެއްވެސް ވެރިކަމަށް ވަޑައިގަންނަވަން ވާނީ ރައްޔިތުންގެ ތާޢީދު ހޯދައިގެން ކަމަށާއި، ވަލު ދޮރާށިން ވެރިކަމުގެ ތަޚުތައް ވިރާސީ ރަސްކަމުގައި އޮންނަ ބޯދާ ބަރުލަމާނީ ގޮތް ބޭނުން ކުރައްވައިގެން ވަޑައިގަތުމަކީ އައިބު ކަމެއް ކަމަށެވެ. ވޯޓުލުމުގެ ޙައްޤަކީ ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ހޯދާ ޙައްޤެއް ކަމަށާއި، އެނޫން ގޮތަކަށް އެކަން ކުރަން ހެޔޮ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހި ރައްޔިތުން އިނގިރޭސިވިލާތުގައި އޮންނަ ގޮތަށް ވިރާސީ ރަސްކަމަކަށް ދީލާލައި ބަރުލަމާނީ ނިޒާމެއް ޚިޔާރު ކުރަންވީ ސަބަބެއް ނެތްކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ ބަސް ކުޑަކަމަށެވެ. އެގޮތުން ކެނެޑާއާއި، އޮސްޓްރޭލިއާއާއި ނިއުޒިލޭންޑްގައިވެސް އޮތީ، ބަރުލަމާނީ ނިޒާމެއް ކަމަށާއި، އެޤައުމުތަކުގެ ވެރިއަކީ އިނގިރޭސި ކުއީން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެޤައުމުތަކުގެ ރައްޔިތުންގެ އަތުގައި އެމީހުންގެ ވެރިޔަކު ހޮވުމުގެ ބާރު ނޯންނަކަމަށާއި، ނަމަވެސް ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދައިގެން މެނުވީ ވެރިކަމަށް ނާދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ޝަރީފް ދައްކަވާ ވާހަކަފުޅާ އެއްބަސްވެވެން ނެތް ކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުން އިންތިޚާބު ނުކުރާ އެއްވެސް މީހަކަށް ސަރުކާރު ހިންގުމުގެ އިސް އެއްވެސް މަޤާމެއްގައި ނުހުރެވޭނެ ކަމަށެވެ. ނަމަވެސް ރިޔާސީ ނިޒާމެއްގައި ސަރުކާރުގެ އެންމެ އިސް މަޤާމް ފިޔަވާ ހުރިހާ މަޤާމެއްގައި ތިބޭނީ އިންތިޚާބު ނުވާ ބަޔަކު ކަމަށް އިންތި ވިދާޅުވިއެވެ.
ޝަރީފްގެ ޓްވީޓްތަކުގައި ވަނީ ބޮޑުވަޒީރަކަށް އައުމަށް ރައްޔިތުންގެ ޖުމްލަ ވޯޓު ބޭނުން ނުވާކަމަށާއި، އެންމެ 600 ވޯޓު ލިބޭ މީހަކަށްވެސް އެ މަޤާމަށް އާދެވިދާނެކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.
ވެރިކަމުގެ ނިޒާމުގެ ބަހުސަކީ މިސަރުކާރުގެން ވެރިކަން ފެށުނީއްސުގެ ވަރަށް ބޮޑަށް ބަހުސް ކުރެވެމުން އަންނަ މައުޟޫއެކެވެ. އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ނިމިދިޔަ ރިޔާސީ ކެމްޕޭނުން ފެށިގެން ވަރަށް ބޮޑަށް އެކަމާ ވަކާލާތު ކުރަށްވަމުންނެވެ. އެމަނިކުފާނު ގަބޫލުކުރަށްވާ ގޮތުގައި ރާއްޖޭގައި ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ. ރައީސް ނަޝީދު މިހާރުވެސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެނިޒާމަށް ވަކާލާތު ކުރަށްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.

Vote dhinumuge hagga dhuniyeyge hurihaa thanegga ves rayyithun varah bura masakathun hoadhaa ehcheh. Dhivehin evves maguboolu sabaeh nethi e muhimmu baaras gaumu ge misraabu kada elhimah adhi policy direction ah influence oi hama ekani baaru dhookollan veethoa, heyo nuvaane
— Ibrahim Shareef (@AdduShareef) December 18, 2020
މީގެއިތުރުން ދިވެހި ރައްޔިތުން އިނގިރޭސިވިލާތުގައި އޮންނަ ގޮތަށް ވިރާސީ ރަސްކަމަކަށް ދީލާލައި ބަރުލަމާނީ ނިޒާމެއް ޚިޔާރު ކުރަންވީ ސަބަބެއް ނެތްކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ ބަސް ކުޑަކަމަށެވެ. އެގޮތުން ކެނެޑާއާއި، އޮސްޓްރޭލިއާއާއި ނިއުޒިލޭންޑްގައިވެސް އޮތީ، ބަރުލަމާނީ ނިޒާމެއް ކަމަށާއި، އެޤައުމުތަކުގެ ވެރިއަކީ އިނގިރޭސި ކުއީން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެޤައުމުތަކުގެ ރައްޔިތުންގެ އަތުގައި އެމީހުންގެ ވެރިޔަކު ހޮވުމުގެ ބާރު ނޯންނަކަމަށާއި، ނަމަވެސް ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދައިގެން މެނުވީ ވެރިކަމަށް ނާދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ޝަރީފް ދައްކަވާ ވާހަކަފުޅާ އެއްބަސްވެވެން ނެތް ކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުން އިންތިޚާބު ނުކުރާ އެއްވެސް މީހަކަށް ސަރުކާރު ހިންގުމުގެ އިސް އެއްވެސް މަޤާމެއްގައި ނުހުރެވޭނެ ކަމަށެވެ. ނަމަވެސް ރިޔާސީ ނިޒާމެއްގައި ސަރުކާރުގެ އެންމެ އިސް މަޤާމް ފިޔަވާ ހުރިހާ މަޤާމެއްގައި ތިބޭނީ އިންތިޚާބު ނުވާ ބަޔަކު ކަމަށް އިންތި ވިދާޅުވިއެވެ.
ޝަރީފްގެ ޓްވީޓްތަކުގައި ވަނީ ބޮޑުވަޒީރަކަށް އައުމަށް ރައްޔިތުންގެ ޖުމްލަ ވޯޓު ބޭނުން ނުވާކަމަށާއި، އެންމެ 600 ވޯޓު ލިބޭ މީހަކަށްވެސް އެ މަޤާމަށް އާދެވިދާނެކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.
ވެރިކަމުގެ ނިޒާމުގެ ބަހުސަކީ މިސަރުކާރުގެން ވެރިކަން ފެށުނީއްސުގެ ވަރަށް ބޮޑަށް ބަހުސް ކުރެވެމުން އަންނަ މައުޟޫއެކެވެ. އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ނިމިދިޔަ ރިޔާސީ ކެމްޕޭނުން ފެށިގެން ވަރަށް ބޮޑަށް އެކަމާ ވަކާލާތު ކުރަށްވަމުންނެވެ. އެމަނިކުފާނު ގަބޫލުކުރަށްވާ ގޮތުގައި ރާއްޖޭގައި ވެރިކަން ހިންގުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ. ރައީސް ނަޝީދު މިހާރުވެސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެނިޒާމަށް ވަކާލާތު ކުރަށްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު