ވައްކަން ކުރުމަކީ ވޯޓު ދޭންޖެހޭ ސަބަބެއް ނަމަ ޑރ. މުޢިއްޒު އެހުރީ މާލޭގެ މޭޔަރު ކަމަށް ހޮވިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
މެމްބަރު ޝިފާޢު މި ގޮތަށް ވިދާޅުވެފައި މިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޑރ. މުޢިއްޒު ބަލި ނުކުރެވޭނެކަން ރައީސް ނަޝީދަށް ކަށަވަރުވެއްޖެ ކަމަށް ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް، މިދިޔަ ހުކުރުދުވަހު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
"ވައްކަންކުރުން އެއީ ވޯޓް ދޭންޖެހޭ ސަބަބަކަށްވެގެން މުއީޒު ހޮވެންޏާ ހޮވިފައެހުރީ." މެމްބަރު ޝިފާޢު ވިދާޅުވެފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޑރ. މުޢިއްޒު އަށް ހައެއްކަ ވޯޓުވެސް ނުލިބޭނެ ކަމަށާއި، އެހެންކަމުން ވޯޓުން ޑރ. މުޢިއްޒު ބަލިވަންދެން ޑރ. މުޢިއްޒު އާ ދެކޮޅަށް ފުލުހުން މިހާރު ތަޙުޤީޤު ކުރަމުންދާ މައްސަލާގައި ދަޢުވާނުކޮށް މަޑު ކުރާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.
އެކަމުގައި ރައީސް ނަޝީދަށް ރައްދު ދެއްވަމުން އަބްދުއް ރަޙީމް ވިދާޅުވީ، މާލެސިޓީގެ މޭޔަރުކަމަށް ޕީ.ޕީ.އެމްގެ ޓިކެޓުގައި ވާދަ ކުރައްވާ ޕީ.ޕީ.އެމްގެ ނައިބް ރައީސް ޑރ. މުޢިއްޒު ބަލި ނުކުރެވޭނެކަން ރައީސް ނަޝީދަށް ކަށަވަރު ވެއްޖެ ކަމަށާއި، ކިތައްމެ ބިރެއް ދެއްކިޔަސް މުޢިއްޒު ފަހަށްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި މިއީ ޑރ. މުޢިއްޒުގެ ފަހަރު ކަމަށްވެސް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

ވައްކަންކުރުން އެއީ ވޯޓް ދޭންޖެހޭ ސަބަބަކައްވެގެން މުއީޒު ހޮވެންޏާ ހޮވިފައެހުރީ.
— MP Mohamed Shifau (@mhshifau) December 18, 2020
މިދިޔަ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޑރ. މުޢިއްޒު އަށް ހައެއްކަ ވޯޓުވެސް ނުލިބޭނެ ކަމަށާއި، އެހެންކަމުން ވޯޓުން ޑރ. މުޢިއްޒު ބަލިވަންދެން ޑރ. މުޢިއްޒު އާ ދެކޮޅަށް ފުލުހުން މިހާރު ތަޙުޤީޤު ކުރަމުންދާ މައްސަލާގައި ދަޢުވާނުކޮށް މަޑު ކުރާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.
އެކަމުގައި ރައީސް ނަޝީދަށް ރައްދު ދެއްވަމުން އަބްދުއް ރަޙީމް ވިދާޅުވީ، މާލެސިޓީގެ މޭޔަރުކަމަށް ޕީ.ޕީ.އެމްގެ ޓިކެޓުގައި ވާދަ ކުރައްވާ ޕީ.ޕީ.އެމްގެ ނައިބް ރައީސް ޑރ. މުޢިއްޒު ބަލި ނުކުރެވޭނެކަން ރައީސް ނަޝީދަށް ކަށަވަރު ވެއްޖެ ކަމަށާއި، ކިތައްމެ ބިރެއް ދެއްކިޔަސް މުޢިއްޒު ފަހަށްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި މިއީ ޑރ. މުޢިއްޒުގެ ފަހަރު ކަމަށްވެސް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު