ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު
ފެބްރުއަރީ 1 ގައި ރައީސް ޔާމީން ކުރެއްވި ކަމަކީ ޤާނޫނު އަސާސީ ނެގެހެއްޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު މިރޭ ވިދާޅުވެއްޖެއެވެ.

2018 ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ނެރުނު އަމުރާ ގުޅިގެން އެކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް އަމުރު ނެރުނު ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ މިރޭ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ފެބްރުއަރީ 1 ގައި ކުރީ ބަޣާވާތެއް ކަމަށާއި، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކަ ދައްކަނީ އެ ބަޣާވާތުގެ ޙަޤީޤަތް އޮޅުވާލުމަށް ކަމަށެވެ. އަދި އެދުވަހު ރައީސް ޔާމީން އަދާ ކުރެއްވީ "ޣާޒީ" އެއްގެ ދަރަޖަ ޙައްޤު ޤައުމީ ޒިންމާ އެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ފެބްރުއަރީ 1 ގައި ރައީސް ޔާމީން ކުރެއްވި ކަމަކީ ޤާނޫނު އަސާސީ ނެގެހެއްޓުން. އެދުވަހު އެމަނިކުފާނު އަދާކުރެއްވީ ޣާޒީ ގެ ލަޤަބު ޙައްޤު ޤައުމީ ޒިންމާއެއް." އާދަމް ޝަރީފް ވިދާޅުވިއެވެ.



އާދަމް ޝަރީފް ވިދާޅުވީ، އެދުވަހު ދިވެހި ސިފައިންވެސް ދެއްކީ ޤައުމަށް އިޚްލާސްތެރިވުމުގެ މިސާލެއް ކަމަށެވެ.

2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ވަނީ ކުއްލި ޙުކުމެއްކޮށް އޭރު އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އޭގެ އިތުރުން، ފްލޯ ކްރޮސް ކުރިކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ.

ނަމަވެސް ސަރުކާރުން އެ އަމުރު ތަންފީޒު ނުކުރާނެކަމަށް ބުނެ، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ. އަދި އެ ދުވަހުގެ އަމުރު ނެރުނު ބެންޗުގައި ތިއްބެވި އަނެއް ތިން ފަނޑިޔާރުން ފަހުން ވަނީ ކުރިން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލްކޮށް އެހެން އަމުރެއް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން