ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެބްރުއަރީ 1، 2018 ގައި ނެރުނު އަމުރަކީ ގާނޫނީ ގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަަމަށާއި، އެ އަމުރު ނެރުނު ބެންޗްގެ ހުރިހާ ފަނޑިޔާރުން އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށް ބާ ކައުންސިލްގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ކުއްލި ޙުކުމެއްކޮށް އޭރު އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އޭގެ އިތުރުން، ފްލޯ ކްރޮސް ކުރިކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ. މިހުކުމް ތަކުގެ ތެރޭގައި ސްޕްރީމް ކޯޓުން ފަހުބަސް ބުނެފައިވާ ހުކުމްތައް ވެސް ހިމެނެއެވެ.
ސްޕްރީމް ކޯޓުން އެ އަމުރު ނެރުނު ބެންޗުގައި ހިމެނިވަޑައިގެންނެވި، އަދި ފަހުން އެއަމުރު ބަދަލު ކުރެއްވި ސްޕްރީމްކޯޓުގެ ބެންޗުގައިވެސް ހިމެނިވަޑައިގެންނެވި އޭރުގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެޙުކުމް ނެރުމާ ގުޅިގެން ސުޕްރީމްކޯޓުގެ ފުރާޅުން ޓިނުނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ކަމަށްބުނެ ދައްކާ ވާހަކައިގައި ޙަޤީޤަތެއް ނެތް ކަމަށެވެ.
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަށް ރައްދުދެއްވަމުން ބާ ކައުންސިލްގެ މެމްބަރު އަދި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު މިރޭ ވިދާޅުވީ، ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަމަށާއި، އެ އަމުރު ނެރުނު ބެންޗްގެ ހުރިހާ ފަނޑިޔާރުން އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.
"އެ އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުން. 5 ފަނޑިޔާރުންވެސް އެ އަމުރަށް، އަދި އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެކަމަށް ދެކެން." އަޙްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕްރީމް ކޯޓުން ފުރާޅުން ޓިނު ނެގި ކަމަށްބުނާ މައްސަލަ އަލުން ބަލަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައީސް ޔާމީންގެ އަމުރަށް ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
އަދި އެކަމުގައި ބަލަންޖެހޭ ޙަޤީޤީ މައްސަލައަކީ، ރާއްޖޭގައި ޤާއިމްވެފައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށް ފަނޑިޔާރުންނާއި ގުޅިގެން ރޭވިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ފެބްރުއަރީ 1 ގައި އަމުރު ނެރެފައި ވަނިިކޮށް، ސަރުކާރުން އެ އަމުރު ތަންފީޒު ނުކުރާނެކަމަށް ބުނެ، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވީ ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ. އަދި އެ ދުވަހުގެ އަމުރު ނެރުނު ބެންޗުގައި ތިއްބެވި އަނެއް ތިން ފަނޑިޔާރުން ފަހުން ވަނީ ކުރިން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލް ކޮށް އެހެން އަމުރެއް ނެރެފައެވެ.

ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން. އެ އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުން. 5 ފަނޑިޔާރުންވެސް އެ އަމުރަށް، އަދި އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެކަމަށް ދެކެން. https://t.co/BLbUUlcqCi
— Ahmed Muizzu (@AhmedMuizzu) December 19, 2020
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕްރީމް ކޯޓުން ފުރާޅުން ޓިނު ނެގި ކަމަށްބުނާ މައްސަލަ އަލުން ބަލަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައީސް ޔާމީންގެ އަމުރަށް ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
އަދި އެކަމުގައި ބަލަންޖެހޭ ޙަޤީޤީ މައްސަލައަކީ، ރާއްޖޭގައި ޤާއިމްވެފައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށް ފަނޑިޔާރުންނާއި ގުޅިގެން ރޭވިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ފެބްރުއަރީ 1 ގައި އަމުރު ނެރެފައި ވަނިިކޮށް، ސަރުކާރުން އެ އަމުރު ތަންފީޒު ނުކުރާނެކަމަށް ބުނެ، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވީ ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ. އަދި އެ ދުވަހުގެ އަމުރު ނެރުނު ބެންޗުގައި ތިއްބެވި އަނެއް ތިން ފަނޑިޔާރުން ފަހުން ވަނީ ކުރިން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލް ކޮށް އެހެން އަމުރެއް ނެރެފައެވެ.
ކިޔުންތެރިންގެ ހިޔާލު