ޑރ. މުޙައްމަދު އިޔާޒް (ކ) އާއި، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ (ވ)
ޑރ. މުޙައްމަދު އިޔާޒް (ކ) އާއި، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ (ވ)
ފެބްރުއަރީ 1 ވަނަ ދުވަހުގެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އުޅުއްވީ ގޮނޑި ހިމާޔަތް ކުރެއްވުމަށް ކަމަށާއި، އެހެންކަމުން އެބޭފުޅުން ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެން އަވަހަށް ތައުބާވެ ވަޑައިގެންނެވުމަށް އިސްލާމް ދީނުގެ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެބްރުއަރީ 1، 2018 ގައި ގިނަ ސިޔާސީ ފަރާތްތަކެއް މިނިވަން ކުރުމަށް ސުޕްރީމްކޯޓުން ނެރުނު އަމުރަކީ ގާނޫނީ ގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަަމަށާއި، އެ އަމުރު ނެރުނު ބެންޗްގެ ހުރިހާ ފަނޑިޔާރުން އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށް ބާ ކައުންސިލްގެ މެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވެފައިވާ ވާހަކަފުޅަށް ތާޢީދު ކުރަށްވައި ޑރ. ޢިޔާޒް ވިދާޅުވީ ސުޕްރީމްކޯޓުގެ ފަނޑިޔާރުން މަސައްކަތް ކުރެއްވީ ޢަދުލު އިންސާފު ޤާއިމް ކުރުމަށް ނޫން ކަމަށެވެ.

އަދި ސްޕްރީމް ކޯޓުން އެ އަމުރު ނެރުނު ބެންޗުގައި ހިމެނިވަޑައިގެންނެވި، އަދި ފަހުން އެއަމުރު ބަދަލު ކުރެއްވި ސްޕްރީމްކޯޓުގެ ބެންޗުގައިވެސް ހިމެނިވަޑައިގެންނެވި އޭރުގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ރޭ ކުރެއްވި ޓްވީޓެއްގައި، އެޙުކުމް ނެރުމާ ގުޅިގެން ސުޕްރީމްކޯޓުގެ ފުރާޅުން ޓިނުނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ކަމަށްބުނެ ދައްކާ ވާހަކައިގައި ޙަޤީޤަތެއް ނެތް ކަމަށް ވިދާޅުވެ އެޙުކުމް ދިފާޢު ކުރެއްވުމަށް ދައްކަވާފައިވާ ޙުއްޖަތްތަކަށް ރައްދު ދެއްވަމުން ޑރ. ޢިޔާޒް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އުޅުއްވީ އެބޭފުޅުންގެ ގޮނޑި ގެއްލުނަ ނުދިނުމަށް ކަމަށެވެ. އަދި އެކަމުގެ ހިތި ނަތީޖާ މުޅި ޤައުމަށް ކޮށްފައިވާ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"ދެންވެސް ރައްޔިތުންގެ ކިބައިން މާފަށް އެދި ތައުބާވުން އަވަސް ކުރަށްވާ." އެ ޙުކުމާގުޅިގެން ޑރ. ދީދީގެ ދިފާޢަށް ރައްދު ދެއްވައި ޑރ. ޢިޔާޒް ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ކުއްލި ޙުކުމެއްކޮށް އޭރު އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އޭގެ އިތުރުން، ފްލޯ ކްރޮސް ކުރިކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ. މިހުކުމް ތަކުގެ ތެރޭގައި ސްޕްރީމް ކޯޓުން ނިހާއީ ޙުކުމް އިއްވާފައިވާ ހުކުމްތައް ވެސް ހިމެނެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕްރީމް ކޯޓުން ފުރާޅުން ޓިނު ނެގި ކަމަށްބުނާ މައްސަލަ އަލުން ބަލަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެޙުކުމާ ގުޅިގެން ބަލަންޖެހޭ ޙަޤީޤީ މައްސަލައަކީ، ރާއްޖޭގައި ޤާއިމްވެފައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށް ފަނޑިޔާރުންނާއި ގުޅިގެން ރޭވިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ފެބްރުއަރީ 1 ގައި އަމުރު ނެރެފައި ވަނިިކޮށް، ސަރުކާރުން އެ އަމުރު ތަންފީޒު ނުކުރާނެކަމަށް ބުނެ، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވީ ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ. އަދި އެ ދުވަހުގެ އަމުރު ނެރުނު ބެންޗުގައި ތިއްބެވި އަނެއް ތިން ފަނޑިޔާރުން ފަހުން ވަނީ ކުރިން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލް ކޮށް އެހެން އަމުރެއް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ކިނބޫ

21-Dec-2020

އެކަމެއްގަ ތިމާގެ ބައިވެރިވުން އޮތް ކަމެއްގެ ވާހަކަ ބުނީމާ ލައްކަ އަސަރު ކޮށްފިއެއްނު. ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ބަޣާވާތެއް ކުރަން އުޅުނު މީހާ އަނގަ ނުތަޅާ ތައުބާވޭ.


-3

މިލަ ޑރ

21-Dec-2020

ކަލޭ ތައުބާ ވުމެއް ނެތް? މިލަގަނޑު ނުބައިނުލަފާކަމުގަ ނަޝީދަށްވުރެ އެއް ދަރަޖަ ކުރީގަ. ކަލޭވެސް ތީ ނަޝީދާ ބައިވެރިވެގެން ވެރިކަން ވައްޓަން ހުކުމް ގަތުމުގެ ބައިވެރިއެއް. ކަލޭ ތައުބާވޭ.



ޓްރެންޑިން