ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ވ) އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ (ވ)
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ވ) އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ (ވ)
ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ އުއްތަމަ ފަނޑިޔާރުކަން ހޯއްދެވުމަށް ކޯޓުތެރޭގައި ވެސް ބަޣާވާތްކުރެއްވި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި މައްސަލަ އަލުން ބަލަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި، ރައީސް ޔާމީންގެ އަމުރުފުޅަށް ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ.

އަދި އެކަމުގައި ބަލަންޖެހޭ ޙަޤީޤީ މައްސަލައަކީ، ރާއްޖޭގައި ޤާއިމްވެފައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށް ފަނޑިޔާރުންނާއި ގުޅިގެން ރޭވިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށް ޑރ. އަޙްމަދު ވިދާޅުވުމާ ގުޅިގެން އޭނާއަށް ރައްދު ދެއްވަމުން މިއަދު އިންތި ވިދާޅުވީ، ޑރ. އަޙްމަދަކީ، އުއްތަމަ ފަނޑިޔާރުކަން ހޯއްދެވުމަށް ރަޙުމަތްތެރިންނަށް ވެސް “ދޯކާދީ” ކޯޓުތެރޭގައި ވެސް ބަޣާވާތްކުރެއްވި ބޭފުޅެއް ކަމަށެވެ.

"ތިމާ ވެސް އެ ޙުކުމުގައި ސޮއި އަޅައިގެން ޙުކުމް ނެރެފައި، އަނެއް ދުވަހު އެ ނޫން ގޮތަކަށް އެ ޙުކުމް ބަދަލުކުރި ކަލޭގެތަ މިވާހަކަ ދައްކަނީ؟!" ޑރ. އަޙްމަދަށް ރައްދު ދެއްވަމުން އިންތި ވިދާޅުވެފައިވެއެވެ.

2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ވަނީ ކުއްލި ޙުކުމެއްކޮށް އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އޭގެ އިތުރުން، ފްލޯ ކްރޮސް ކުރިކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ. އެގޮތަށް ނިންމި ފަނޑިޔާރުންގެ ބެންޗްގައި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވެސް ހިމެނިވަޑައި ގަންނަވައެވެ.

އިންތިގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވެސް ވަނީ، ޑރ. އަޙްމަދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޓްވީޓް ކުރަށްވާފައެވެ. މެމްބަރު ވައްޑެ ވިދާޅުވެފައިވަނީ، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ނުކުރާނަމަ، އެތަނުން ބޮޑު ކަންނެލިހެން ދަމާ ނެރިގެން ގެންދިޔައީ އެތާތިބި ދޮރުފާރަވެރިންތޯ ސުވާލު ކުރަށްވާފައެވެ.

"ދެން އެހެންވީއިރު ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެންނާ ދޮރުތައް ވައްޓާލައިގެން ވަދެ ބޮޑު ކަންނެލިހެން ދަމާ ނެރިގެން އެ ގެންދިޔައީ އެތާ ތިބި ދޮރުފާރަވެރިންގެ ދެމީހުންތޯ؟" މެމްބަރު ވައްޑެ ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން، ފެބްރުއަރީ 1 ގައި އެ އަމުރު ނެރެފައި ވަނިިކޮށް، އެ އަމުރު ތަންފީޒު ނުކުރާނެކަމަށް ސަރުކާރުން ބުނެ، ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރިއެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވީ ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ. އަދި އެ ދުވަހުގެ އަމުރު ނެރުނު ބެންޗުގައި ތިއްބެވި އަނެއް ތިން ފަނޑިޔާރުން ފަހުން ވަނީ ކުރިން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލް ކޮށް އެހެން އަމުރެއް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން